މި އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރާ ދިވެހި އެތުލެޓިކްސް ޓީމު އެކުލަވާލައިފިއެވެ.
އެތުލެޓިކްސް ޓީމުގައި ހިމެނެނީ ޖުމްލަ 20 އެތުލީޓުންނެވެ. އެއީ އަންހެން 10 އެތުލީޓުން އަދި ފިރިހެން 10 އެތުލީޓުންނެވެ. އަންހެން ޓީމުގައި ހިމެނެނީ އައިޝަތު ހިމްނާ ޙަސަން، މަރިޔަމް ރޫޔާ އަލީ، މަރިޔަމް އަލްހާ ޙުސެއިން، އަހްނާ ނިޒާރު، ހައްވާ މުޒްނާ ފާއިޒް، ޒިވާ މޫޝާ ޝަފީއު، އައިމިނަތު ލަޔާނާ މުޙައްމަދު، ފަސޫހާ އަޙުމަދު، ޝަމްހާ އަޙުމަދު އަދި އައިޝަތު ޝަބާ ސަލީމްއެވެ.
ފިރިހެން ޓީމުގައި ހިމެނެނީ ޙަސަން ސާއިދު، ޙުސެއިން ރިޒާ، ޔޫސުފް އިބްރާހީމް، ޙުސެއިން ފަޒީލް ހާރޫން، މުޙައްމަދު މިންހާލް ޝާމިން، އިބްރާހީމް ނާހިލް ނިޒާރު، އަބްދުއް ރަޝީދު އިސްމާއީލް، އާދަމް ރިފްއަތު، ޙުސެއިން ޒީކް ސައުދު އަދި އަޙުމަދު ނަޖުދާންއެވެ.
Congratulations, the Athletics team of Maldives taking part in upcoming Indian Ocean Island Games, which will be held from 23 August to 3 September at Madagascar
All the best #TeamMaldives Make the nation proud 🇲🇻 @AthleticsMv @olympicmv @MoYSCEmv pic.twitter.com/Cd3rRBAIWR— Mohamed Tholal (@Tholal) July 19, 2023
މިއަހަރުގެ އައިއޯއައިޖީ އޮންނާނީ އަންނަ އޯގަސްޓު މަހުގެ 23 އިން ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހަށް މަޑަގަސްކަރައިގަ އެވެ. އައިއޯއައިޖީ އަށް ތައްޔާރުވުމުގެ ގޮތުން ދިވެހި އެތުލީޓުން އަންނަނީ އެކިއެކި ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ.