އިންތިޚާބު ލަސްކުރުމަށް އަދުރޭ ގޮވާލުމުން ޝިޔާމްގެ ނުރުހުން!

އިންތިޚާބު ލަސްކުރުމަށް އަދުރޭ ގޮވާލުމުން ޝިޔާމްގެ ނުރުހުން!

Author
ހުސެއިން
19 ޖުލައި 2023 01:02
0

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ފަސްކުރުމަށް އިދިކޮޅު ޕީޕީއެމް ހިންގެވުމާއި ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބުދުއްރަހީމް ގޮވާލެއްވުމާއި ގުޅިގެން، ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ނުރުހުން ފާޅުކޮށްފިއެވެ.

އަބުދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ސޯލިހު ބާރާ ނުފޫޒުގެ ބޭނުންކޮށްގެން އިދިކޮޅު ލީޑަރ އަދި ދިވެހީންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިޚާބެއް އިންސާފުވެރިއެއް ނުވާނެ ކަމުގައެވެ. އަދި ރައީސް ޔާމީނަށް އިންޞާފު ލިބެންދެން ރިޔާސީ އިންތިޚާބު ފަސްކުރުމަށް ގޮވާލާކަމަށް އަބުދުއްރަހީމްގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

"ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރިޔާސީ އިންތިޚާބު ފަސްކުރުމަށް އަބުދުއްރަހީމް ގޮވާލެއްވުމުން، އެކަމާ ޝިޔާމް ނުރުހުން ފާޅު ކުރައްވާފައިވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕް ވަޓްސްއަޕް ގުރޫޕުގައެވެ. ޕީޕީއެމް/ޕީއެމްސީގެ ލީޑަރޝިޕް ވަޓްސްއަޕް ގުރޫޕުގައި ޝިޔާމް ނުރުހުން ފާޅުކޮށްފައިވަނީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ފަސްކުރުމަށް ލީޑަރޝިޕުން ގޮވާލުމަކީ އެޕާޓީއަށް މިވަގުތަށް އެންމެ މަސްލަހަތު ރަގަޅު ގޮތް ނޫންކަމަށް ވިދާޅުވެކަމަށް "ޚަބަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ވިދާޅުވެފައި ވެއެވެ.

އިންތިޚާބުގެ ފަސްކުރުމަށް ސަރުކާރާއި އިލެކްޝަންސް ކޮމިޝަނަށް ޑިމާންޑް ކުރުމަށް ޕީޕީއެމްގެ ލީޑަރޝިޕުގެ ބައެއް ބޭފުޅުން ގެންގުޅުއްވާ ވިސްނުމާއި ގުޅޭގޮތުން އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިފައިވާއިރު، ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސިޔާސީ އެހެން ބައެއް ޕާޓީތަކާއި ގުޅިގެން ވަކި ޚާއްސަ އެޖެންޑާއެއް ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. މިގޮތުން، ރިޔާސީ އިންތިޚާބު ފަސް ނުކޮށްފިނަމަ، މި އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ރައީސް ޔާމިނަށް ގެއްލޭނެކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ހުޅުވާލާނީ މިމަހުގެ 23 ވަނަ ދުވަހުން އަންނަ އޯގަސްޓުމަހުގެ 7 ވަނަ ދުވަހާއި ހަމައަށެވެ. މިމުއްދަތުގައި ޔާމިން ޖަލުން މިނިވަން ނުވެއްޖެނަމަ، ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ޔާމިންގެ ކިބާގައި ފުރިހަމައެއް ނުވާނެއެވެ.

އެހެންކަމުން މިހާރު ބެލެވޭގޮތުގައި، ޔާމިންގެ ކެނޑިޑަސީއާއި ގުޅޭގޮތުން ދެން ގޮތް ނިންމާނީ ސުޕްރިމް ކޯޓުންނެވެ. ޔާމިން މިހާރު ތަންފީޒު ކުރަމުންދާ ހުކުމަށް ބަލާއިރު، ޔާމިނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ސުޕްރިމް ކޯޓުން ފަހިވެދާނެކަމަކަށް ގިނަ ގާނޫނީ ބޭފުޅުން އުއްމީދެއް ނުކުރައްވައެވެ. އަދި ޔާމިނަށް ރިޔާސީ އިންތިޚާބުގައި ވާދަކުމުގެ ފުރުސަތު ދިނުމަށް ބޭރުގެ އެއްވެސް ގައުމަކުންވެސް އަދި ޖަމިއްޔާ ޖަމާއަތަކުންވެސް މިހާތަނަށް ގޮވާލާފައެއްވެސް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަރީ
ބޮޑު ވަގު ޔާމިނު
މ މުޙައްމަދު
ވައްކަން ކޮއްގެން ޖަލައް ލީމަވެސް ރިޔާސީ އިންތިހާބުގަ ވާދަކުރެވެން ޖެހޭތަ؟ މިދެން ބޮޑު ނުހޮރޮެއްޕާނަކަށް ވެއްޖެ ކަމެއް. ހަރާމް ހުކުމޭ ގޮވާއިރު، އެމީހުންނަށް ނޭންގެނީތަ ހަރާމާއި ހަލާލު ވަނީ ކަނޑައަޅައި ނިމިފަކަން. ޔާމިނުގެ ކޮނޑުގައި 2 މަލާއިކަތުން ތިއްބަވާ އޭނަ ކުރާ ހެޔޮކަމާއި އަދި ނުބައިކަންތައް ލިޔުއްވަން. ޔާމިނުއަށް ތާއީދު ކުރާ މީހުންނަކަށް ނޫން އިނގެނީ އޭނައަކީ ވަގެއް ނޫންކަން. ހަމަ ހަޤީގަތް އިނގޭއިރުވެސް ބައެއް ބުރާންތިން އެބަ ބުނޭ ހައްގައް ނަސްރު ލިބޭނެއޭ. ބަލަ ވަގަކަށް ލިބެން ޖެހޭ ނަސްރެއް ނޯންނާނެ. އޭނަ އަށް ލިބެން ޖެހޭ ނަސްރު އެއޮތީ ލިބިފައި. އެއީ ޖަލު.
1 13 ވގ
ތި ބުނާ ޖަމިއްޔާ ތަކައް އެގެޔޭ އެއީ ބޮޑު ވަގެއްކަން 11 އަހަރައްޖަލު ގަކަންއޮތީ ޕޕ މީހުނައް ނޭގުނަސް
ކ ކިޔުންތެރިޔާ
އަދުރޭ އިންތިހާބަށް ނެރެބަލަ.