އިކޮނޮމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރުގެ މަގާމްގައި ހުރި ސޯޝަލް މީޑިއާ އެކްޓިވިސްޓު އަހުމަދު އަންވަރު (ސިމްވާރު) ސަރުކާރުން އިސްތިއުފާދީ، އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު އުފައްދަވާފައިވާ ޑިމޮކްރެޓްސް ޕާޓީއާއި ގުޅިއްޖެއެވެ.
އޭނާ ސަރުކާރުން އިސްތިއުފާދިންކަން ހާމަކޮށް ރައީސް ސާލިހަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ލިޔެފައިވަނީ މިސަރުކާރުގައި މަސައްކަތް ކުރުމަށް ދެއްވި ފުރުސަތާއި އަދި ބެހެއްޓި ގާތްކަމަށް ޝުކުރު ދަންނަވާ ކަމުގައެވެ.
އަޅުގަނޑު މިއަދު ސަރުކާރުން އިސްތިއުފާދީފިން. pic.twitter.com/8t2sof1xlr
— Sim (@Simwarr) July 18, 2023
ރައީސް ސާލިހަށް އެޑްރޮސްކޮށް ފޮނުވި ސިޓީ ޓުވީޓް ކުރިތާ ކުޑައިރުކޮޅެެއްގެ ތެރޭގައި، ބ. ފުޅަދޫގައި ހުރެ އެމްޑީޕީއަށް ސޮކިކުރަނިކޮށް ނަގާފައިވާ ފޮޓޯއެއް އޭނާވަނީ ޓުވީޓު ކޮށްފައެވެ.
ރިޔާސީ އިންތޚާބަށް މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ސިމްވާރު ސަރުކާރުން އިސްތިއުފާ ދީފައިވާއިރު، ނަޝީދަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ދަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުން އިސްތިއުފާ ދެމުންނެވެ.
ނަޝީދު އުފައްދަވާފައިވާ ޑިމޮކްރެޓްސް ޕާޓީން ބުނެފައިވަނީ އެޕާޓީން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަކު ނެރޭނެ ކަމުގައެވެ. ބެލެވޭ ގޮތުގައި އެޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނީ ނަޝީދެވެ.
ކޮމެންޓު ފޮނުވާ