ޖުމުހޫރީ ޕާޓީގެ ކެމްޕޭން ކ. އަތޮޅުގައި ބާރަށް ކުރިޔަށް

ޖުމުހޫރީ ޕާޓީގެ ކެމްޕޭން ކ. އަތޮޅުގައި ބާރަށް ކުރިޔަށް

ގުޅުންހުރި

ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމްއިބުރާހިމްގެ "ހާސްކަނޑާލާ، ހަމަޖެހޭނެ" ރިޔާސީ ކެމްޕޭން މިއަދު ކ. ގުރައިދޫ ދާއިރާގެ ރަށްތަކުގައި މިއަދު ކުރިޔަށް ގެންގޮސްފިއެވެ.

މިގޮތުން ގާސިމް އިބުރާހިމް އުތުރުގެ ކެމްޕޭން ޓީމުން، ގާސިމްގެ ތަރުޖަމާ އަމީން އިސްވެ ހުންނަވާ މިއަދުވަނީ ގުރައިދޫއަށް ދަތުރުކޮށް، އެރަށު ކައުންސިލާއި ބައްދަލުކޮށް އަދި ދޮރުން ދޮރަށްވެސް ހިނގާފައެވެ. ޖުމުހޫރީ ޕާޓީން ބުނެފައިވަނީ، ކެމްޕޭން ޓީމުން މިއަދު ކ. ގުރައިދޫގައި މުހިންމު ބައްދަލުވުންތައް ބާއްވާފައިވާ ކަމުގައެވެ.

ޖޭޕީގެ ޓީމުތަކުން ދަނީ މިހާރު ވަބީ  ލ.އަތޮޅާއި، ބ. އަތޮޅާއި އަދި ރ. އަތޮޅުގެ އިތުރުން މާލެ ސިޓީގައިވެސް ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އަދި އެޕާޓީގެ ދެކުނުގެ ކެމްޕޭން ޓީމުން މިހާރުދަނީ އައްޑޫ އަތޮޅަށް ދަތުރުކުރުމުގެ ތައްޔާރީތައް ފަށާފައެވެ.

ޖޭޕީގެ ރިޔާސީ ކެނޑިޑެޓް ޤާސިމް އިބުރާހިމް ރިޔާސީ ކެމްޕޭނަށް އަދި ދަތުރުތައް ފައްޓާފައި ނުވިނަމަވެސް ވަރަށް އަވަހަށް ދަތުރުތައް ފަށާނެކަމަށް މައުލޫމާތު ލިބެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމަށް ތާއީދު ހޯދުމުގެ ގޮތުން އެޕާޓީގެ ޓީމްތަކުންނާއި އަދި އިސް ބޭފުޅުން ގެންދަވަނީ ރާއްޖޭގެ އެކި ރަށްތަކުގައި ކެމްޕޭން ހަރަކާތްތައް ކުރިޔަށް ގެންދަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ