ޔާމިންގެ އިތުރު ޝަރީއަތެއް މާދަމާ

ޔާމިންގެ އިތުރު ޝަރީއަތެއް މާދަމާ

Author
ހުސެއިން
17 ޖުލައި 2023 06:18
0

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އިތުރު އަޑުއެހުން މާދަމާ ބޭއްވުމަށް ހަމަޖައްސައިފިއެވެ. މާދަމާގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ ހެނދުނު 9:00 އަށެވެ. ފުއްގިރި މައްސަލައިގެ އަޑުއެހުމެއް އިއްޔެއަށްވެސް ތާވަލް ކޮށްފައި ވެއެވެ. އެހެންނަމަވެސް އިއްޔެގެ އަޑުއެހުން ކެންސަލް ކުރަން ޖެހުނީ ހެކިން ހާޒިރު ނުކުރެވުމާއި ގުޅިގެންނެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފައި މަނީ ލޯންޑާކުރި ކަމުގެ ކުށުގައި މިހާރު ވެސް 11 އަހަރުގެ ޖަލު ހުކުމެއް އޮތް ޔާމީންގެ މައްޗަށް، ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ ވެސް އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެއެވެ.

ޔާމިންގެ އިތުރުން ސަން ކުންފުނީގެ މައްޗަށްވެސް މަނީ ލޯންޑަރކުރުމުގެ ދައުވާ އެއް މައްސަލައެއްގައި އުފުލާފައި ވެއެވެ.

މިމައްސަލާގައި އެންމެ ފަހުން ބޭއްވުނު އަޑު އެހުމުގައިވަނީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެއްކެއްގެ ގޮތުގައި، ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އިބުރާހިމް ރަޝީދު (ބޮންޑޭ)ގެ ހެކިބަސް ނަގާފައެވެ. އޭނާއަކީ ފުއްގިރި ކުއްޔަށް ދިންއިރު ދުބާއީ ކުންފުނީގެ ރާއްޖޭގެ އޭޖެންޓެވެ.

ފުއްގިރި މައްސަލާއިގެ ދައުވާ މާއަވަހަށް ކުރިޔަށް ގެންދާތީ ފާއިތުވެދިޔަ ތަނުގައި ޔާމިންވަނީ ޝަކުވާ ކުރައްވާފައެވެ، އަދި ޔާމިންވަނީ ހައި ކޯޓުގައި ކުރިޔަށްދިޔަ އިސްތިއުނާފްގެ ޝަރީއަތް އަވަހަށް ނިންމުމަށް އެދިފައެވެ.

އަދި ހައި ކޯޓު މަރުހަލާއިން ހުކުމް ބާތިލްކުރާނެ ކަމުގެ އުއްމީދުގައި ދަށުކޯޓުގެ ޝަރީއަތް ބުރަކި ޖެއްސުމަށް ޔާމިން މަސައްކަތް ކުރަމުން އައިކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޖ ޖާބެ
ޑިލޭކޮށް އެކްޒޯސްޓްކޮށް ބަލިކޮށްލަނީ މިޔައްކިޔަނީ ރީތިކޮށް ގަންހިންގުން ވިސްނޭނެބާ ޢާފިލުވެފަ ތިބޭބަޔަކައް ޢަރަގުވިޔަސް ނުފެންނާނެ
އ އާއްމު
އެމްއެމްޕީއާރުސީގެފައިސާާ އެންމެގިނައިންނެގިކަމައްބުނާާ އިބުރާހިމްސޯލިހުު ވާހަކައިގެެ އަޑެއްވެސްނެތީމަަ ތީކޮންކަލަަ ކަމެއްް