ޖޭޕީގެ ކެމްޕޭން ކ. އަތޮޅުގައި ބާރަށް ކުރިޔަށް

ޖޭޕީގެ ކެމްޕޭން ކ. އަތޮޅުގައި ބާރަށް ކުރިޔަށް

ގުޅުންހުރި

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމްހެ ކެމްޕެއިންގައި މިއަދު ޖޭޕީގެ ޓީމުތައް ކ.ތުކުސްދޫއަށް، ވަޑައިގެންފިއެވެ.

ޖޭޕީގެ ލީޑަރ އަދި ރިޔާސީ ކެނޑިޑޭޓްގެ ތަރުޖަމާން އަމީން އިސްކޮށް ހުންވައިގެން ކުރެއްވި މިދަތުރުގައި ކ. ތުކުސްދޫގެ ކެމްޕެއިން ޓީމުތަކާއި ބައްދަލުކޮށް ވަނީ ކެމްޕެއިން ހަރަކާތްތަށް ކުރިއަށް ގެންދާނެ ގޮތަކާއި، ކެމްޕެއިންގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ޖޭޕީގެ ޓީމުތަކުން ދަނީ މިހާރު ލ.އަތޮޅާއި، މާލެ ސިޓީގައިވެސް ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. ޖޭޕީގެ ރިޔާސީ ކެނޑިޑެޓް ޤާސިމް އިބުރާހިމް ރިޔާސީ ކެމްޕޭނަށް އަދި ދަތުރުތައް ފައްޓާފައި ނުވިނަމަވެސް ވަރަށް އަވަހަށް ދަތުރުތައް ފަށާނެކަމަށް މައުލޫމާތު ލިބެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމަށް ތާއީދު ހޯދައި ދިނުމުގެ ގޮތުން އުތުރުގެ ކެމްޕެއިން މެނޭޖަރު އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއި އޭނާގެ ޓީމުން ވަނީ ރ. އަތޮޅާއި، ބ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ