އއ. މަތިވެރި ފިނޮޅުގެ ބަދަލުގައި މާލެ އަތޮޅުގެ ފަޅެއް ކާށިދޫ ދާއިރާގެ މެންބަރު ޖާބިރަށް ސަރުކާރުން ދޫކޮށްފިއެވެ.
ޖާބިރު އާއި ޖާބިރުގެ ދަރިކަލުން މުހައްމަދު ޖާބިރުގެ ހިއްސާ އޮންނަ އިންޓަނޭޝަނަލް ޓްރެވެލް ކޮންސަލްޓޭޝަން ކުންފުންޏަށް ދޫކޮށްފައިވަނީ ގާފަރު ކައިރީގައި އޮތް ފަޅެކެވެ. ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ގާފަރު ކައިރީގައި އޮތް ފަޅެއް އެ ކުންފުންޏަށް ދޫކުރީ އއ. މަތިވެރި ފަޅުތެރޭގައި އޮންނަ މަތިވެރި ފިނޮޅުގެ ބަދަލުގައެވެ.
ޖާބިރު ވަނީ އެންމެ ފަހުން ކ.އަތޮޅަށް ކުރެއްވި ދަތުރުގައި ގުޅީގައި ވާހަކަ ދައްކަވަމުން އެރަށް ލިބިފައިވާކަން އުފަލާއިއެކު ފާހަގަކޮށް ރައީސަށް ޝުކުރުވެސް އަދާކުރައްވާފައެވެ.
މަތިވެރި ފިނޮޅުގެ ބަދަލުގައި މާލެ އަތޮޅުގެ ފަޅެއް ޖާބިރަށް ދޫކުރީ، އެ ފިނޮޅު ސަރުކާރުގެ ބޭނުމަކަށް ނަގަން ޖެހިގެން ކަމަށް ބުނެއެވެ. އެ ފިނޮޅަކީ މަތިވެރި ފަޅު ތެރޭ އޮންނަ ކުޑަ ފިނޮޅެކެވެ. މަތިވެރި ކައުންސިލުން ވަނީ އެ ފިނޮޅު، ރަށުގެ އިހްތިސޯސް ތެރޭގައި ހިމަނައިދިނުމަށް އެދިފައެވެ. މަތިވެރި ފިނޮޅުގެ ބަދަލުގައި ޖާބިރަށް ދޫކުރި ފަޅަކީ ގާފަރު ކައިރީގައި އޮތް ފަޅެކެވެ.
މާލެ އަތޮޅުން ފަޅެއް ޖާބިރަށް ދޫކޮށްފައިވާއިރު މިފަހުން އޭނާ ވަނީ ސަރުކާރު ހިންގާ، އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިންގައި އިސްކޮށް އޭނާ ދަނީ ހަރަކާތްތެރިވަމުންނެވެ.
One Response
ފާޅުކަން މިހާބޮޑުކޮން ސަރުކާރުގެ ފައިދާ ނަގަމުންދާ މީހުންގެ ވާހަކަތައް އަޑުއެހުމުގެ ކުރިން ޤައުމުގެ ކަރާމާތާއި ޅަ ދަރިންގެ މުސްތަގުބަލާއިމެދު ނުވިސްނައިފިނަމަ އަޅުގަނޑުމެންގެ ދުވަސް ހިގައިދާނެ.