އިންތިޚާބު ކުރަންވީ އަޒުމް ވަރުގަދަ ޖެހިލުންކުޑަ ވެރިއެއް: އުމަރު

އިންތިޚާބު ކުރަންވީ އަޒުމް ވަރުގަދަ ޖެހިލުންކުޑަ ވެރިއެއް: އުމަރު

Author
ހުސެއިން
15 ޖުލައި 2023 01:11
0

ދިވެހިރާއްޖޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް އިންތިޚާބު ކުރާންވީ އަޒުމް ވަރުގަދަ ޖެހިލުން ކުޑަ ވެރިއެއް ކަމުގައި، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ، ވ. ކެޔޮދޫއަށް މިއަދު ކުރެއްވި ކެމްޕޭން ދަތުރުފުޅެއްގައި އެރަށުގައި ވާހަކަ ދައްކަވަމުންނެވެ. ކެޔޮދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ހައްލު ބޭނުންވާ މައްސަލަތަކަކީ، ދިވެހި ރާއްޖެ ދަރަނިވެރިވުމާއި، ޒުވާނުން މަސްތުގެ ވަބާގައި ޖެހުމާއި، ސުކޫލު ދަރިވަރުންގެ އަޚުލާގު ނެތުމާއި ގޭންގުތައް އާންމުވެ މީހުން މެރުން ފަދަ މައްސަލަތަކައް ކަމަށެވެ.

މިއީ އެއްވެސް މީހަކަށް ހައްލު ނުކުރެވިގެން މި އުޅޭ މައްސަލަތަކަކީ. ވެރިންނަށް އައިއްސަ ދެވިދާނެ. މި މައްސަލަތައް ހުރި ގޮތައް ހުންނާނެ އަޒުމް ވަރުގަދަ ޖެހިލުންކުޑަ ވެރިއަކު މި ގައުމުގެ ވެރިއަކަށް ތިބޭފުޅުން އިންތިޚާބު ކުރަންދެން.

އުމަރު ނަސީރު ވިދާޅުވިއެވެ.

ކެޔޮދޫ ރައްޔިތުންނާއި މުޚާތަބްކޮށް ވާހަކަ ދައްކަވަމުން އުމަރު އިތުރަށް ވިދާޅުވީ އޭނާގެ އަމާޒަކީ އިސްވެ ދެންނެވުނު މައްސަލަތަކުން ގައުމު ސަލާމަތް ކޮށްދީ، ގައުމުގައި އަމާންކަން ގާއިމް ކުރުން ކަމުގައެވެ. އަދި އޭނާ ވިދާޅުވީ ހަލާކުވެގެން ދަނީ އިސްލާމް ދީނުގެ އަޚްލާގުގައި ނުހިފަހައްޓާތީ ކަމަށާއި، އިސްލާމީ ޝަރީއަތާއި ކައިރިޔަށް ރާއްގެ ގެންދިއުމަށް އޭނާ އަބަދުވެސް ވަކާލާތު ކުރައްވާ ސަބަބަކީ އެއީ ކަމުގައެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އުމަރު ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.