ޑޮލަރުން ތަޅާ ބަލިކޮށްގެންވެސް މިއިންތިޚާބު އަޅުގަނޑުމެން ނަގާނަން: ޖާބިރު

ޑޮލަރުން ތަޅާ ބަލިކޮށްގެންވެސް މިއިންތިޚާބު އަޅުގަނޑުމެން ނަގާނަން: ޖާބިރު

Author
މުޙައްމަދު ޝަޒައިމް
13 ޖުލައި 2023 02:39
0

ޑޮލަރުން ތަޅާ ބަލިކޮށްގެންވެސް މިއިންތިޚާބު ރައީސް ޞާލިހަށް ކާމިޔާބު ކޮށްދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއާއި ގުޅުނުފަހުން ފުރަތަމަ ފަހަރަށް އެޕާޓީގެ ޕޯޑިއަމެއްގައި ގުޅީގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް ޞާލިހުގެ ތަސައްވަރަކީ އަމާން ސުލްހަވެރިކަމާއިއެކު ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުންކަމަށެވެ. ރާއްޖޭގެ އިޤްތިޞާދު އިތުރު ކުރުމަށް ރައީސް ގެންގުޅުއްވާ ތަސައްވަރަކީ ވަރަށް ބޮޑަށް ތާއީދު ކުރެވޭ ތަސައްވަރެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އެމްޑީޕީއާއި ގުޅުނު އެންމެ ބޮޑު ސަބަބަކީ ރައީސް ޞާލިހު ވެރިކަމަށް އިންތިޚާބު ކޮށް ދެއްވުންކަމަށެވެ. އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކޮށްގެންވެސް ރައީސް ޞާލިހު އިންތިޚާބު ކޮށް ދެއްވާނެކަމަށް ޖާބިރު ވިދާޅުވިއެވެ.

އަޅުގަނޑުމެން ރައީސް ޞާލިހު އިންތިޚާބު ކުރާނީ އެއްބުރުން. އަޅުގަނޑު ވަރަށް ސާފުކޮށް މިދަންނަވަނީ ޑޮލަރުން ތަޅާ ބަލިކޮށްގެންވެސް ރައީސް ޞާލިހު އިންތިޚާބު ކުރާނަމޭ.

– ޖާބިރު ވިދާޅުވިއެވެ.

ޖާބިރުވަނީ ރާއްޖެއަށް ރައީސް ޞާލިހުގެ ވެރިކަމުގައި އައިސްފައިވާ ތަރައްޤީއަށް ތައުރީފް ކުރައްވާފައެވެ. އަދި ކޯލިޝަން ޕާޓްނަރު ސަން ޓްރެވަލް ސިޔާމް ރައީސް ޞާލިހާއިއެކު އިންނެވުމަކީ މިއިންތިޚާބު ކާމިޔާބު ކުރުމަށް ލިބިގެންދާ އިތުރު ފަސޭހައެއް ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގަބުޅި
ރިޝްވަތުދިނުން މައްސަަލައެއް ނެތްކަމަށް ގަބޫލު ކުރެވުނީ ދޮތަ؟
ވ ވ
އެހެންވިއްޔާ ތީރިސްވަތުގެ އިންތިހާބެއްތަ