ހުކުރު ދުވަހު، އުމަރު ރިޔާސީ ކެމްޕޭނަށް ވ.އަތޮޅަށް!

ހުކުރު ދުވަހު، އުމަރު ރިޔާސީ ކެމްޕޭނަށް ވ.އަތޮޅަށް!

Author
މުޙައްމަދު ޝަޒައިމް
12 ޖުލައި 2023 10:24
0

ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ރިޔާސީ ކެމްޕޭނަށް މިހަފްތާގެ ހުކުރު ދުވަހު ވ.އަތޮޅަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.

އުމަރު ނަސީރު ވިދާޅުވީ އޭނާއާއި އޭނާގެ ކެމްޕޭން ޓީމް އަންނަ ހުކުރު (14 ޖުލައި) ދުވަހު ވ.އަތޮޅުގެ 3 ރަށަށް ކުރާ ދަތުރެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މި ދަތުރުގައި ވ. ފެލިދޫ، ވ. ކެޔޮދޫ އަދި ވ. ފުލިދޫ އަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އުމަރު ވިދާޅުވީ މަސްތުވާއެއްޗެތީގެ ސަބަބުން މިޤައުމަށް ލިބެމުންމިދާ ގެއްލުމާ، ޤައުމަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތަށް ޙައްލު ކުރުމަށް އިސްލާމީ ޝަރީއަތުގައި ހިފުމުގެ މުހިންމު ކަމާ ބެހޭގޮތުން ވާހަކަ ދައްކާނެކަމަށެވެ.

ރިޔާސީ ކެމްޕޭންގައި އުމަރާއި، އޭނާގެ ޓީމުން ކެމްޕެއިން ހަރަކާތްތައް ފެށުމަށް ތައްޔާރު ވަމުންދާއިރު، ސިޔާސީ ޕާޓީތަކުން މިއިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި، ޕާޓީތަކުން ދަނީ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގުއިއަތިރި
މީ އަޅެ ބުއްދި ފަސްވެފަ ހުރި މޮޔައަކީތަ؟ 5% ވެސް ނުލިބޭނެ. ޣެރެންޓީ %100.