ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އުފަންރަށް ޅ. ހިންނަވަރާއި، އެއަތޮޅު ކުރެންދޫއިން 100 މީހަކު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި ގުޅިއްޖެއެވެ.
ހިންނަވަރު 50 ފޯމު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމާއި ހަވާލު ކުރެއްވީ ހިންނަވަރު ޝަޑޭއެވެ. އޭނާ ވަނީ ފޯމު ހަވާލު ކުރުމަށްފަހު ޕީޕީއެމްއާއި ގުޅުނު ސަބަބާއި ކުރަން އުޅޭ މަސައްކަތް ކިޔައިދީފައެވެ. ޝަޑޭ ބުނީ އޭނާ ޕީޕީއެމްއާއި ގުޅުނީ ރައީސް ޞާލިހުގެ ވެރިކަން ބަދަލުކޮށް، ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކަމަށެވެ.
އަޅުގަނޑު މާގިނަ ވާހަކަ ދައްކާކަށް ބޭނުމެއްނޫން. އަޅުގަނޑުމެން މިގުޅެނީ ރައީސް ޞާލިހު ވެރިކަމުން ބާލައި، ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް.
– ޝަޑޭ ބުންޏެވެ.
ކުރެންދޫއިން ގުޅުނު 50 މީހުންގެ ތެރޭގައި އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ އިބްރާހިމް ޒުހައިރު ހިމެނެއެވެ. ޒުހައިރަކީ މީގެ ކުރިން ކުރެންދޫގައި އެމްޑީޕީގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއްބޭފުޅާއެވެ.
ޕީޕީއެމްއިން ވަނީ އެޕާޓީއާއި އަލަށް ގުޅުނު މެމްބަރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ގާތްވާ ވަރަކަށް އެޕާޓީއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން މެމްބަރުން ގުޅެމުންދާކަމީ އެޕާޓީއާއިމެދު އޮތް އުންމީދު ހަމަވާކަމެއްކަމަށް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ