ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލައިގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން މާދަމާ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ނިންމައިފިއެވެ.
ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި މާދަމާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ހާއިރުއެވެ. ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދައުވާ އުފުލާފައިވާ މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޟާ ހުށަހެޅުއްވި ދިފާޢީ ހެކިތަކެއްގެ ޞައްޙަކަން ކަށަވަރު ކުރަމުންދާތީ މިމައްސަލާގައި އޭނާއަށް ކޮށްފައިވާ ދަޢުވާތައް މިވަގުތަށް ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އެދުނީ މިއަދުއެވެ.
މިމައްސަލާގައި ހިމެނޭ ރައީސް ޔާމީންގެ ބައި ވަކިން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ޕީޖީން ބޭނުންވެއެވެ. އެއީ ކްރިކް ރިޒާގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާ އަށް ބައިވެރި ނުވެވޭތީ އާއި މި މައްސަލައިގައި ދެން ހިމެނޭ ޔާމީންގެ މައްސަލަ ކުރިއަށް ނުގެންދެވި ހުއްޓިފައި އޮތުމުންނެވެ.
ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތު ގަބޫލް ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާއެވެ. މި ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށެވެ.
ކްރިކް ރިޒާގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ނުދަނީ އޭނާގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމަންޓްތަކަކާ ގުޅިގެންނެވެ. ޕީޖީން ދެކޭ ގޮތުގައި މި މައްސައަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށްވެފައި, މިފަދަ މައްސަލައެއްގައި ދައުވާލިބޭ އެކެއްގެ ބައިގައި ދިމާވި ހާލަތަކާ ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވި ވުމަކީ އާންމު މަސްލަހަތު އޮތް ގޮތް ކަމަށް ނުފެނެއެވެ.
ވ. އާރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ލޯންޑާކުރި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތައް ސާބިތުވެ، އެމަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ފެށި ނަމަވެސް، މައްސަލަ މި މަހު ކުރިއަށް ގެންދެވިދާނެ ކަމާ މެދުގައި ވަނީ ސުވާލު އުފެދިފައެވެ.
އެއީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރު ޗުއްޓީގައި ހުންނެވުމާއި އެހެން ފަނޑިޔާރަކު މި ހަފްތާގައި ޗުއްޓީ އަށް ވަޑައިގަތުމަށް ނިންމަވާފައިވާތީއެވެ.
One Response
މީކޮންކަހަލަަ ގައުމެއްތަަ އެއްމައްސަލައިގައިި މީހަކައްގޮތެއްް މީހަކައްގޮތެއްް އަދިި އެބުނާާ އެމްެމްޕީއާރުސީގެެ މައްސަލައިގަަ 37މިލިޔަންް ރުފިޔާަ އިބުރާހިމްް ސޯލިހޭޭ ނެގިކަމަށާާ ރާބޯކަމައްް ހެސްކިޔާފަަ ވާހަކަތައްް އެކިއެކިި ޕްލެޓްފޯމްތަކުގައިި ގޯވާނަގާއިރުވެސްް ރައްޔިތުންގެެ ޓެެކުސްފައިސާތައްް ކަމުންގެންދާް މުއައްސަސާތައްް އޮތީީ ނިދާއިންޖެކްޝަންޖަހައިގެންް ނިންދަވާފަަ މީފުކެއްބޮޑުވަރުު މުގާބޭގޮތައްް ކަންތައްކުރަންް ނިކުތީމާާ ދެންދެއްކޭނީީ މޮޔަވާހަކަަ ގޮވޭނީީ ކޮސްް