އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި "ދަ ޑިމޮކްރެޓްސް" ޕާޓީ އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓްރީ ކޮށްދީފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވީ ޓުވީޓެއްގައި ވިދާޅުވީ، "ދަ ޑިމޮކްރެޓްސް" ނަމުގައި، ސިޔާސީ ޕާޓީ އެއް އުފެއްދުމަށް، ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ ގުޅިގެން، ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަ ވާންޖެހޭ އިޖްރާއާތު ފުރިހަމަ ކޮށްފައިވާތީ،"ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް، މިއަދު ބޭއްވި އިލެކްޝަންސް ކޮމިޝަންގެ 793 ވަނަ ޢާންމު ޖަލްސާގައި، މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައި ވާކަމުގައެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގައި ވާގޮތުގެމަތިން، "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކުރުމަށް، އިލެކްޝަނަށް ހުށަހެޅީ 3،560 ފޯމާއިއެކުއެވެ. އެހެންނަމަވެސް އެޕާޓީ ރަސްޖިސްޓްރީ ކުރުން ލަސްކުރުމުން ޕާޓީ އުފެއްދުމުގެ ހުއްދަ ހޯދުމަށް އެޕާޓީން އިހުތުޖާޖް ކޮށްފައި ވެއެވެ. އެއަށްފަހު އިލެކްޝަންސްއިން ޕާޓީ ރަޖިސްޓްރީ ކުރުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދުކޮށްފައިވަނީ ފާއިތުވި ޖުލައިމަހުގެ 2 ވަނަ ދުވަހުއެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާ ބާއްވާފައިވަނީ ޖުލައިމަހުގެ 5 ވަނަ ދުވަހުގެ ރޭގައެވެ. އެޖަލްސާގައިވަނީ ވަނީ އެޕާޓީގެ ޕާޓީގެ ނަމާއި، ލޯގޯއާއި، ކުލަ ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ