ޑރ.ޝަހީމް ސަރުކާރާއި ގުޅެނީތޯ ޕީޕީއެމްގެ ސެނެޓްގައި ސުވާލު އުފައްދައިފި!

ޑރ.ޝަހީމް ސަރުކާރާއި ގުޅެނީތޯ ޕީޕީއެމްގެ ސެނެޓްގައި ސުވާލު އުފައްދައިފި!

Author
މުޙައްމަދު ޝަޒައިމް
10 ޖުލައި 2023 07:10
0

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި ގުޅޭނީތޯ އެކޯލިޝަންގެ ސެނެޓް ވަޓްސް އަޕް ގްރޫޕުގައި ސުވާލު އުފައްދައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކުން މިފަހުން ޑރ.ޝަހީމް ވަރަށް ނުފެނެއެވެ. ޝަހީމް ވަނީ ވަރަށް ފަހުން ޢަދަލާތު ޕާޓީގެ އިސްބޭފުޅުންނާއިއެކު ރޯދަ ވީއްލުމެއްގައިވެސް ބައިވެރިވެ އެކި ކަންކަމުގައި މަޝްވަރާ ބަދަލު ކުރައްވާފައެވެ. މި ރޯދަ ވީއްލުމުގައި އަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާންވެސް ބައިވެރިވިއެވެ.

ޕީޕީއެމްގެ ސެނެޓްގެ މެމްބަރުން ހިމެނޭ ވަޓްސް އަޕް ގްރޫޕްގައި ޝަހީމް ސަރުކާރާއި ގުޅެނީތޯ ސުވާލު އުފެދީ ސެނެޓްގެ މެމްބަރު މުޢާޒު ހަލީމްއެވެ. އޭނާގެ ސުވާލާއި ގުޅިގެން ޑރ.ޝަހީމް އެއްވެސް ޖަވާބެއް ދެއްވާފައި ނުވެއެވެ. މުޢާޒުގެ ސުވާލާއި ގުޅިގެން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވަނީ އެސުވާލު އެންމެ ރަނގަޅުވާނީ ސީދާ ޑރ.ޝަހީމާއި ވަކިން އެއްސެވުން ކަމަށް ވިދާޅުވެފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އިސްކޮށް ތިއްބެވި ބޭފުޅުންގެ މެދުގައި ޚިޔާލް ތަފާތުވުން އޮތްއިރު، ރައީސް ނަޝީދު އިސްކޮށް ހުންވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސްއާއި އެކީ މަޝްވަރާތައް ފަށަފައިވަނީ ސެނެޓުގެ ބަހެއް ނެތިކަމަށް ޕްރޮގްރެސިވް ކޯލިޝަންގެ ބައެއް ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.

ޕީޕީއެމްގެ ލީޑަރޝިޕްގައި އޮތް އެންމެ ބޮޑު ނުތަނަވަސް ކަމުގައި ލީޑަރޝިޕްގައި ހިމެނޭ ބައެއް ބޭފުޅުން ޕީޕީއެމްއާއި ދުރަށް ދާން އުޅޭކަމުގެ އަޑުތައްވެސް ސޯޝަލް މީޑިއާގައި ދަނީ ގަދަވަމުންނެވެ.

ޑރ.ޝަހީމަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިމިނަ
ކައްޕިއެއް ނެތް އޮޑިއެއްގައި އޮޔާދާން ތިބުމަށްވުރެން ހިޔާ ބޮޑު ގަހެއްގެ ހިޔަލުގައި ނިދަން އޮތަސް މާ ރަގަޅުވާނެއެވެ.