އިންޑިއާގެ އެކްސްޓާނަލް އެފައާޒު މިނިސްޓަރ ޖައިޝަންކަރުގެ ދައުވަތަކަށް ފޮރިން މިނިސްޓަރ ޝާހިދު މިއަދު އިންޑިއާއަށް ފުރުއްވަން ހަމަޖެހިފައިވާކަން ފޮރިން މިނިސްޓްރީން ހާމަ ކޮށްފިއެވެ.
ފޮރިން މިނިސްޓްރީ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ޝާހިދުގެ މި ދަތުރުފުޅުގެ ރަސްމީ މަސައްކަތްތައް އޮންނާނީ މިމަހުގެ 11 އަދި 12 ގައި ކަމުގައެވެ. އަދި ޝާހިދުގެ މި ދަތުރުފުޅުގައި ދެގައުމުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ރަސްމީ ވާހަކަތަށް އޮންނާނެކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މި ވާހަކަތަކުގައި، ރާއްޖޭގައި މިހާރު ހިނގަމުންދާ ތަރައްގީގެ މަސައްކަތްތަކާއި އަދި ކުރިޔަށް ރޭވިފައިހުރި ތަރައްގީގެ މަޝްރޫއުތާކާއި ގުޅޭގޮތުންނާއި އަދި ބައިނަލްއަގުވާމީ މައްސަލަތަކުގައި ދެގައުމުން ގުޅުގެން މަސައްކަތް ކުރުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރައްވާނެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ޝާހިދުގެ މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އިސްފަރާތްތަކާއި ބައްދަލު ކުރެވުމުގެ އިތުރުން، ދެގައުމުގެ ދެމެދުގައި އިތުރަށް ބަދަހި ކުރުމުގެ ގޮތުން ފަހުމުނާމާތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމުގައިވެސް ފޮރިން މިނިސްޓްރީން ހާމަ ކޮށްފައި ވެއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވެފައިވަނީ ޝާހިދުގެ މި ދަތުރުފުޅުގައި ދަ އިންޑިއަން ލައުންސިލް ފޯ ވާރލްޑް އެފެއާރސްގައި ޚާއްސަ ތަގުރީރެއް ކުރެއްވުމުގެ އިތުރުން އިންޑިއާގައި ތިއްބަވާ ނޮން ރެސިޑެންޓް އެމްބެސެޑަރުންނާއި ރާއްޖެއަށް އެކްރެޑިޓް ކޮށްފައިވާ ހައިކޮމިޝަނަރުންނާވެސް ބައްދަލު ކުރައްވާނެއެވެ.