އައްޑޫ ހުޅުދޫ މޫދުން ދުވަސްވީ އަންހެނަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ހުޅުދޫ މޫދުން ދުވަސްވީ އަންހެނަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

Author
ހުސެއިން
10 ޖުލައި 2023 02:48
0

އައްޑޫ ސިޓީ ހުޅުދޫގެ ކައިރިން މޫދުގައި ދުވަސްވީ އަންހެނަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

"ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އަންހެން މީހާ މަރުވެފައި އޮއްވާ ފެނުނީ ހުޅުދޫގެ ކަނޑޫއެޅެ ސަރައްހަދުގައި އައްސޭރިފަށުގައެވެ. އޭނާ މުދުގައި އޮއްވާ ފެނުމުން ހުޅުމީދޫ ސިއްޙީ މަރުކަޒަށް ގެންދިޔަ ނަމަވެސް، ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ވަނީ ނިޔާވެފައިކަމަށްވެސް ހުޅުދޫއިން "ޚަބަރު އޮންލައިން"އާއި ވާހަކަ ދެއްކި މީހަކު ބުނެފައި ވެއެވެ.

ނިޔާވެފައި އޮއްވާ ފެނުނު އަންހެން މީހާއަކީ އާންމުކޮށް މޫދަށް ގޮސްއުޅޭ މީހެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިހާދިސައާއި ގުޅިގެން އަދި ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.