ޑިމޮކްރެޓްސް ޕާޓީގެ ހަރުގެ ރަސްމީކޮށް ހުޅުވައިފި

ޑިމޮކްރެޓްސް ޕާޓީގެ ހަރުގެ ރަސްމީކޮށް ހުޅުވައިފި

Author
ހުސެއިން
10 ޖުލައި 2023 12:52
0

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދި "ދަ ޑިމޮކްރެޓްސް" ޕާޓީގެ ހަރުގެ މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ.

ވެރިކަންކުރާ އެމްޑީޕީގެ މައި ހަރުގެ ކުރިން ހިންގި އިމާރާތުގައި "ދަ ޑިމޮކްރެޓްސް" ޕާޓީގެ ހަރުގެ ރަސްމީކޮށް ހުޅުއްވާ ދެއްވާފައިވަނީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ހަރުގެ ހުޅުމަށް މިރޭ ބޭއްވުނު މި ޖަލްސާގައި ނަޝީދުވަނީ ފުރަތަމަ ފަހަރަށް އެޕާޓީގެ ޖަގަހަ ޖަލްސާއެއްގައި ވާހަކަވެސް ދައްކަވާފައެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީގެ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ، ކުރިޔަށް އޮތްތަނުގައި "ދަ ޑިމޮކްރެޓްސް" ޕާޓީގެ ސިޔާސަތުތައް އާންމު ރައްޔިތުންނަށް ދާނީ ހާމަވަމުން ކަމުގައެވެ.

އަދި "ދަ ޑިމޮކްރެޓްސް" ޕާޓީގެ ސިޔާސަތުތައް އެކުލަވާލާފައިވަނީ ތަޖުރިބާކާރު ފަންނީ މީހުންނާއި ސިޔާސީ މީހުންނާއި ކަންކަން ދަންނަ އެތައް ބަޔަކާއި ރާއްޖޭގެ ހުރިހާ ރައްޔިތުން ޝާމިލުވާ ޝަކުވާތަކާއި ފިކުރުތަކާއި ހިޔާލުތަކާއި އެ މީހުންގެ ވިސްނުންތައް ހިމެނޭ ގޮތަށް ކަމަށެވެ. އަދި އެއީ ދިވެހިރާއްޖެ ހައްލުކުރުމުގެ މަގަށް ގެނެސްދޭނެ ސިޔާސަތުތައް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީއަށް ތާއީދުކުރާ ގިނަބަޔަކު ހާޒިރުވި މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ދިވެހިން އަބަދުވެސް ކަންބޮޑުވަނީ އެމީހުންގެ އާންމު ރަގަޅު ނުވެގެން ކަމުގައެވެ.

މިއަދަށް ވުރެ ރަނގަޅު އެއްޗެއް މާދަމާ ލިބޭނޭ ސިޔާސަތުތަކެއް ތަންފީޒުކޮށްދޭނެ ސަރުކާރެއް އެ މީހުންނަށް ހޯދުމަށް. އިންފްރާސްޓްރަކްޗަރުގެ ބޭނުމަކީ ހަމައެކަނި ކޮންޓްރެކްޓަރުން ހިޔާނާތްތެރިވުން ކަމަށް ބަލާ އެ މަގްސަދުގައި ކަންކަން ކުރާ ސަރުކާރެއް ނޫން. ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރާނެ ސަރުކާރެއް.

"ދަ ޑިމޮކްރެސް" ޕާޓިގެ ވެރިކަމެއްގައި ސަރުކާރު ހިންގާނޭ ގޮތުގެ ކުޑަ ތައާރަފެއް ވިދާޅުވެދެއްވަނުން ނަޝީދު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަނުން ނަޝީދު ވިދާޅުވީ ޑިމޮކްރެޓުން ނުކުންނަނީ ރާއްޖެ މިއަދު ގޮވާ އެތައް ކަމެއް ފުއްދައި ދިނުމުގެ ސިޔާސަތުތަކާ އެކުގައި ކަމަށެވެ. އަދި އެ ޕާޓީއަށް ވޯޓު ދޭ ކޮންމެ ރައްޔިތަކީ އިތުރު އެހެން ކަމަކަށް ވޯޓިު ދޭ ރައްޔިތެއްވެސް ނޫން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.