ސުޕްރިމް ކޯޓުގެ ފާއިތުވި އަހަރުތަކުގެ ޝަރީއަތްތަކުގެ އޯޑިއޯ އާންމުކުރަން ފަށައިފި

ސުޕްރިމް ކޯޓުގެ ފާއިތުވި އަހަރުތަކުގެ ޝަރީއަތްތަކުގެ އޯޑިއޯ އާންމުކުރަން ފަށައިފި

Author
ހުސެއިން
06 ޖުލައި 2023 09:21
0

ފާއިތުވި އަހަރުތަކުގައި ސުޕްރިމް ކޯޓުގައި ކުރިޔަށް ގޮސްފައިވާ ޝަރީއަތްތަކުގެ އޯޑިއޯން އެކޯޓުން އާންމު ކުރަން ފަށައިފިއެވެ.

ސުޕްރިމް ކޯޓުން ބުނެފައިވަނީ އެކޯޓަށް ހުށެހެޅޭ މައްސަލަތަކުގައި އަނގަބަހުން ދެކެވޭ ވާހަކަތައް ރެކޯޑު ކުރެވި ބެލެހެއްޓެމުންދާ ކަމުގައެވެ. އަދި ސުޕްރިމް ކޯޓުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ފަސޭހައަށްޓަކާ އަދި މައްސަލަތަކުގެ ޙަސްމުންނަށް ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު އަޑުއެހުންތަކުގެ އަޑު އެހުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ސުޕްރިމް ކޯޓުގައި ހިންގޭ ޝަރީއަތްތަކުގެ ތެރެއިން އާންމުކޮށް ހުޅުވާލައިގެން ކުރިޔަށްގެންދާ ޝަރީއަތްތަކުގެ އޯޑިއޯ ފައިލް 2020 ވަނަ އަހަރުން ފެށިގެން އެކޯޓުގެ ވެބްސައިޓުގައި އާންމުކުރަން ފަށާފައިވާކަމަށް ސުޕްރިމް ކޯޓުން ބުނެފައި ވެއެވެ.

ސުޕްރީމް ކޯޓުން ބުނެފައިވަނީ، 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ސުޕްރީމް ކޯޓުގައި ބޭއްވޭ ޝަރީޢަތްތަކުގެ ތެރެއިން އާއްމުކޮށް ހުޅުވާލައިގެން ބޭއްވޭ ޝަރީޢަތްތައް ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރެވި، އެ އަޑުއެހުންތަކުގެ ރެކޯޑިންގ ޔޫޓިއުބް ޗެނަލްގައި އާކައިވް ކުރެވެމުންވެސް ދާކަމަށެވެ.

ސުޕްރިމް ކޯޓުން އިތުރަށް ބުނެފައިވަނީ، 2008 ވަނަ އަހަރުން ފެށިގެން އެ ކޯޓުން އާންމުކޮށް ހުޅުވާލައިގެން ބާއްވާފައިވާ ޝަރީއަތްތަކުގެ އޯޑިއޯ ފައިލްތައް ޔޫޓިއުބު ޗެނަލްގައި އާންމުކޮށް ފެންނާނޭހެން ސުޕްރިމް ކޯޓުން މަސައްކަތް ކުރަމުންދާކަމުގައެވެ. މިގޮތުން 2008، 2009، 2020 ވަނަ އަހަރުގެ އޯޑިއޯ ފައިލްތައް ޔޫޓިއުބު ޗެނަލްގައި މިހާރު އާކައިވް ކުރެވިފައިވާކަމަށް ވެސް ސުޕްރިމް ކޯޓުން ބުނެފައި ވެއެވެ.

އޭގެ އިތުން 2011 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ހަމައަށް، އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންގޮސްގައިވާ ޝަރީއަތްތަކުގެ އޯޑިއޯ ފައިލްތައް ޔޫޓިއުބު ޗެނަލްގައި އާންމުކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމުގައި

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.