އައްޑޫ ސިޓީގައި ޑެންގީ ފެތުރޭތީ ސަމާލުވާން އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން އިލްތިމާސް ކޮށްފިއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ، މިދުވަސްވަރު ޑެންގީ ހުން ޖެހޭ މިންވަރު އިތުރުވަމުންދާ ކަމަށް ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އެހެންކަމުން ރައްޔިތުން އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
“މި ދުވަސްވަރަކީ ވިއްސާރަ މޫސުމަށް ވުމާއި ގުޅިގެން ޑެންގީ ހުން މިހާރަށްވުރެ އިތުރަށް ފެތުރިގެން ދިއުމަކީ އެކަޑށީގެންވާ ކަމެއް. ޑެންގީ ހުމުން ރައްކާތެރި ވުމުގެ ފިޔަވަޅުތައް ދުރާލާ އެޅުމާއި މަދިރި މަދު ކުރުމަށް ފަރުދީ ފެންވަރުގައި ގެންދެވިދާނެ މަސައްކަތް ކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރަން” ހޮސްޕިޓަލުން ބުންޏެވެ.
ޑެންގީ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް:
މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ބޮޑަށް ނިވައިވާގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ ފަދަ ރެޕެލެންޑް ބޭނުން ކުރުން. މިގޮތުން ދުވާލުގަޑީގައި ގޭތެރެއާއި ބޭރުގައި އުޅޭއިރު، ހަމުގައި ހާމަކޮށް ހުންނަ ހިސާބުތަކުގައި ރިޕެލެންޓް އުނގުޅުން
2. ރެޕެލެންޓް ބޭނުންކުރުމުގައި ދެންނެވިފައިވާ މާއްދާތައް ހިމެނޭ ރެޕެލެންޓް ބޭނުންކުރުން މުހިންމު (DEET, Picardin (KBR3023 or Icaridin), IR3535, OLE, PMD and 2-undecanone)
3 ޑެންގީ ފަތުރާ މަދިރިއަކީ ދުވާލުގެ ހުރިހާ ވަގުތުގައިވެސް ހަފާ އަދި ގެއާއި ގޯތިތެރޭގައި ގިނައިރު އުޅޭ މަދިރިއަކަށްވުމާއި، ހާއްސަކޮށް ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތު މަދިރި އުޅޭވަރު ގިނަވާތީ ގޭގެ ދޮރުތަކާއި ކުޑަދޮރުތައް އެގަޑިތަކުގައި ލައްޕާފައި ބެހެއްޓުން
ޑެންގީ ފަތުރާ މަދިރި އަލާވާ ތަންތަން ނައްތާލުން:
ގޭތެރޭގައި ހުންނަ ފެން ހަރުލާފަދަ ތަކެތި (ތަށި ޖަހާ ހަރުގަނޑުގެ ޓްރޭފަދަ) މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފުކުރުން
- ފެނުގައި ގަސް ހައްދާނަމަ، މަދުވެގެން ހަފްތާއަކު އެއްފަހަރު ފެން ބަދަލުކުރުން
- ގޯތިތެރޭގައި ހުންނަ ގަސްމުށި، ހުސް ތާނގީ ފަދަ ތަކެތިފަދަ ސާފުކުރުން އަދި ފެން ނޭޅޭގޮތަށް ބެހެއްޓުން/ބަންދުކުރުން
- އާންމު ތަންތަނަށް ހުސްފުޅިއާއި ދަޅުފަދަ ފެންހަރުލާ ތަކެތި އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންގުޅޭ ފެން ހަރުލާތަކެތި އުކާ ނުލުން.
- އާންމު ތަންތަނުގައި ފެން ހަރުލާގޮތަށް ބަހައްޓާ ނުވަތަ އުކާލެވިފައިވާ ތަކެތި ނައްތާލުން ނުވަތަ ފެން ހަރުނުލާނޭހެން ބަންޑުން ޖެހުން ނުވަތަ މަތި އެޅުން
- ޑެންގީ ޖެހުމުން ހުން އައުމުގެ އިތުރަށް، އެހެނިހެން ނުރައްކާތަކާ ކުރިމަތިވެއެވެ. ހާއްސަކޮށް ކުޑަކުދިންނާއި މާބަނޑު މީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ބައެއް ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޑެންގީގެ ނުރައްކާ ބޮޑެވެ. މިފަދަ
- ނުރައްކާތެރި ހާލަތްތައް އަވަހަށް ދެނެގަނެ ފަރުވާ ނުފެށިއްޖެނަމަ، ފުރާނައަށް ނުރައްކާވުންވެސް އެކަށީގެންވެއެވެ.
އެހެންކަމުން ތިން ދުވަހަށްވުރެ ގިނައިން ހުން އަންނަނަމަ، ނުވަތަ ޑެންގީގެ ނުރައްކާތެރި އަލާމާތެއް (ކުޑަކަމުދެވޭ މިންވަރު މަދުވުން، މާބޮޑަށް ވަރުދެރަވުން، ތުއްތުކުދިންނަށް ގާތުން ނުބޮވުން، ބަނޑުގައި ރިއްސުން، ގިނައިން ހޮޑުލެވުން، ހަށިގަނޑުގެ އެއްވެސް ތަނުން ލޭއައުން ފަދަ އަލާމާތްތައް) ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް ދިއުން ވަރަށް މުހިއްމެވެ.
ކޮމެންޓު ފޮނުވާ