ގަސްތުގަ ކޯރަމް ގެއްލުވާލުމުން މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާ ނުބޭއްވުނު

ގަސްތުގަ ކޯރަމް ގެއްލުވާލުމުން މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާ ނުބޭއްވުނު

Author
ހުސެއިން
06 ޖުލައި 2023 10:48
0

މިއަދު ބޭއްވުމަށް އެޖެންޑާ ކުރެވުނު ސިޓީ ކައުންސިލްގެ ޖަލްސާ ކައުންސިލްގަ ހިމެނޭ ބައެއް މެމްބަރުން ގަސްތުގަ ކޯރަމް ގެއްލުވާލުމުގެ ސަބަބުން ނުބޭއްވި ކެންސަލް ވެއްޖެއެވެ.

"ޙަބަރު އޮންލައި" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ބޭއްވުމަށް އެޖެންޑާ ކުރި ސިޓީ ކައުންސިލްގެ ޖަލްސާގެ ކޯރަމް ގެއްލުވާލީ ޕީޕީއެމްއަށް ނިސްބަތްވާ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަހުމަދު އައިފާންއެވެ.

އޭނާ ކައުންސިލްގެ ކޯރަމް ގެއްލުވާލާފައި ވަނީ، ޖަލްސާއަށް އެޖެންޑާ ކުރުމަށް އޭނާ ހުށަހެޅި ހުށަހެޅުން އެޖެންޑާ ނުކުރުމުން އެކަމާ ހިންހަމަ ނުޖެހިގެން ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. އެހެންނަމަވެސް އޭނާގެ ހުށަހެޅުން އެޖެންޑާގައި ހިމެނުމަށް އެދިފައިވަނީ، ޖަލްސާއެއްގައި އެޖެންޑާ ކުރުމަށް ބޭނުންވާ މައްސަލައެއް ސެކެޓްރިއޭޓަށް ހުށަހެޅުމަށް ގަވާއިދުގައި ބަޔާން ކޮށްފައި އޮންނަ 72 ގަޑިއިރުގެ މުއްދަތު ފާއިތުވެދިޔަ ފަހުންކަމަށްވެސް އެނގިފައި ވެއެވެ.

"ޚަބަރު އޮންލައިން" އަށް އެނގިފައިވާ ގޮތުގައި، ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގެ ކޯރަމް ގެއްލުވާލާފައިވަނީ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބުރާހިމް ޝުޖާއުއާއި ކައުންސިލް މެމްބަރު އަހުމަދު އައިފާން ގުޅިގެންނެވެ.

ސިޓީ ކައުންސިލްގެ ގަވާއިދު ހަމަޖެހިފައި އޮންނަ ގޮތުން 35،000 ރުފިޔާއަށް ދަށުން ކުރާންޖެހޭ ޚަރަދުތައް އޮންނަ އުސޫލުގެ ދަށުން، ކައުންސިލަށް ހުށަ ނާޅާ ކުރުމުގެ އިޚްތިޔާރު ކައުންސިލްގެ ސެކެޓްރީޖެނެރަލްއަށް ލިބިފައި އޮވެއެވެ. އެހެންނަމަވެސް އައިފާންއާއި ޝުޖާއާއި ދެބޭފުޅުން މަސައްކަތް ކުރަމުންދަނީ، ކައުންސިލުން ކުރާންޖެހޭ މިފަދަ ޚަރަދުތައްވެސް ކައުންސިލުން ފާސްކޮށްގެން މެނުވީ ނުކުރެވޭގޮތަށް އުސޫލުތައް ބަދަލު ކުރުމަށްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް މިއީ ކައުންސިލް ހިންގުމަށް ގިނަ ދަތިތަކެއް ކުރިމަތިވެގެންދާނެ ބަދަލެއްކަމަށްވެސް އެނގިފައި ވެއެވެ.

ދާދިފަހުން މޭޔަރ މުއިއްޒުވަނީ، މާލޭ ސިޓީ ކައުންސިލުން ނިންމާންޖެހޭ ބޮޑެތި ކަންކަން ނިންމުމުގެ ގިނަ ބާރުތަކެއް ދޫކޮށްލައްވާ، ކޮމިޓީތަކުން އެފަދަ ކަންކަން ނިންމައިގެން ތަންފީޒު ކުރުމުގެ ބަދަލުގައި ކަންއުންސިލްގެ ޖަލްސާގެ އައުލަބިއްޔަތުން ފާސްކޮށްގެން މެނުވީ ބޮޑެތި ނިންމުންތައް ތަންފީޒު ނުކުރެވޭގޮތަށް ކައުންސިލްގެ އަސާސީ ގަވާއިދަށް ބަދަލު ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަސީނާ
ޑރ މުއިޒް ގެ ތާއިދު ބޮޑުވާތީ ހަޖަމްނުވަނީ
ޝ ޝާމިޒް ސޮބާ
ކަލޯ އައިފާން ވަކަރުގޭ ކުދިން އުޅޭހެން ތިއުޅެނީ. ތިޔަށްވުރެ ޒިންމާދާރުވޭ. ލަހުން ފޮނުވާފަ ތި ގޮވަނީ
އ އިހްތިރާމް
މިކަމުން އަޅުގަނޑަށް އެނގުނީ މޭޔރުގެ ޕްރިފެޝަނަލްކަން. ވަކި މީހަކަށް ވީމަ ބޭނުން ގޮތެއް ނަހަދާކަން.
ޝ ޝަރީފް
މުއިޒް ކަންކުރެއްވީ ހެޔޮކޮށް ހަމަ އެންމެ ފުރިހަމަ އަށް ގާނޫނު ގަ ވާ ގޮތަށް
ހ ހާލިދާ
މުއިޢ ހާދަ ރަނގަޅޭ. އެބުނީތާ ދެން އަންނަ ޖަލްސާއަކަށް އެޖެންޑާ ކުރާނަމޭ. ތަފާތު
އ އަޒާންށ
މުއިޒް ހިންގާ އުޅތީ ޕީޕީއެމް ކުދިންނަށް ހަޖަމް ނުވި އެއްމެ ފަހުން
ޝ ޝިއުރާ
މަށެއް މުއިއްޒް ތާއިދެއް ނުކުރަން. އެކަމަކު މިއަދު ގާނޫނާ އެއްގޮތަށް ކަންކަން ކުރީ. އެކަން ސާފް
ނ ނިމާލް
މުއިޒް ނޫޅޭ ބާރު މުށަށް ލާން. ކހިން ދުވަހުވެސް އެތައް ބާރެއް
ސ ސާން
މުއިށއ ހެދި ގިތް ރަނގަޅު. ވަކި މީހަކަށް ވަކި ގޮތެއް ނެހެދޭނެ.
އ އަޝްފާގ
އައިފާނ މިހާ ދުވދ ވީއިރު ނޭނގުނުދޯ ގަވާއިދު. ބޯހަލާކު
ލ ލާއިން
ގަޑި ޖެހުނު ފަހުން އެޖެންޑާ ކުރަން އުޅުނީމަ ވާނީ ތިހެން ކަންކަން ކުރަން އޮންނަ ގޮތަށް ކުރީމަ ހުންނާނީ ރަނގަޅަށް
ޒ ޒާން
ސާބަހޭ މޭޔަރ. ހިތުހުރި ގޮތަކަށް ގަވާއިދު ބޮލާލާ ނުޖަހާތި.ތިހެން ވާންޖެހޭނެ
ހ ހަމީދު
އައިފާނަކީ ސައީދްގެ މީހެއް. ނަރީޝް އަކީ މުސްތޮގެ މީހެއް. މި ވާނުވާ ވަރަށް ސާފެއްނު. ހެހެހެ
ސ ސާމިދު
މަ ހީކުރީ މުއިއްޒް ގޯހެއް ހެދީއޭ. އެކަމަކު ހަބަރު ކިޔާލުމުން މިއެނގުނީ މުއިއްޒް ގާނޫނާ އެއްގޮތަށް ކުރީމަ އެކަން ހަޖަމް ނުވި ކަން.
ޖ ޖާބިރު
ޕީޕީއެމް މީހުން ކުރާ ކަހަލަ ކަންކަމެއް ނޫން ދޯ. ޗީޑި. އައިފާން. ކަންކަން ކުރަން އޮންނަ އުސޫލުން ކޮށްބަލަ
ތ ތިބިޔާން
ގަޑިޔަށް ފޮނުވިނަމަ ތިހެން ނުވީހެއްނު. ތީގަ ނެތް މޭޔަރ ގެ މައްސަލައެއް.
ސ ސާދިން
ބަލަ އައިފާން. 72 ގަޑިއިރު ކުރިން ފޮނުވަން އޮންނަ ކަމެއް ޖަލްސާ ފެށެން 2 މިނިޓަށް ވީމަ ފޮނުވީ ނުކުރާނެ ދޯ. ލަދު
އ އަލީ ރަޝީދު ހުޅުމާލެ
ތިޔަ މުއިއްޒު ތިޔައީ ވަރަށް ބޮޑާ، ކިބުރުވެރި، ޚުދު މުހުތާރު މީހެކެވެ. އޭނަހިތުން އަދިވެސް މިއީ ޔާމީނުގެ ހޯމް މިނިސްޓަރެވެ. އޭރުގެ ތަކައްބުރުކަން މީހާގެ ގައިގާ އަދިވެސް ނުފިލައެވެ. އަދި ޕްރޮޖެކްޓްތަކުން …… ލިބެން ޖެހެއެވެ.
ސ ސޯބާހު
ސާބަހ މުއިޒް ބޭނުން ގޮތުގަ އައިފާނަކަސް ގަވާއިދު ފުޑިޔަ ނުދޭތި