"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގެ ފުރަތަމަ ޓްރެއިލާ ބަލައިފިންތަ؟

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގެ ފުރަތަމަ ޓްރެއިލާ ބަލައިފިންތަ؟

Author
ފާތިމަތު ނާވީ
08 ޖުލައި 2023 11:23
0

މި މަހު ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި އެވެ.

މީގެ ޓީޒާއެއް މިދިޔަ މަހު ދޫކޮށްލުމާ އެކީ ގިނަ ބައެއްގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފައިވާ އިރު، ޓްރެއިލާ އިން ވަނީ ފިލްމަށް އޮތް ޝައުގުވެރިކަން އިތުރަށް ބޮޑުކޮށްދީފަ އެވެ.

ޖުލައި މަހުގެ 28 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ލީޑުން އާލިއާ ބަޓް އާއި ރަންވީރު ސިންގް ފެނިގެންދާ ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާ ކޮށް ހަދައިފައިވާ ފިލްމެކެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ފިލްމަކީ، 2016 ވަނަ އަހަރު ކަރަން ޖޯހަރް ޑައިރެކްޓު ކުރި، "އޭ ދިލްހެ މުޝްކިލް" އަށް ފަހު އޭނާ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.ހަމަ އެއާއެކު މި ފިލްމަކީ އާލިއާއަށް އަލަތު ދަރިފުޅު ލިބުމަށްފަހު އޭނާ ވެސް ބޮޑު ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

އާލިއާ އާއި ރަންވީރުގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން ދަރުމެންދުރަ އާއި ޝަބާނާ އަޒްމީ އަދި ޖާޔާ ބައްޗަން ވެސް ފެނިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.