ވިއްސައިގެން ދިޔައީ ހަރުނުކޮށްހުރި ޕެނަލްތަކެއް: މިނިސްޓްރީ

ވިއްސައިގެން ދިޔައީ ހަރުނުކޮށްހުރި ޕެނަލްތަކެއް: މިނިސްޓްރީ

Author
އަޒްފާ ރަޝީދު
05 ޖުލައި 2023 12:23
0

ހުޅުމާލެ ބްރިޖް ހައިވޭގައި ޤާއިމްކުރަމުންދާ ސޯލަރ ޕެނަލްތަކުގެ ތެރެއިން ވިއްސައިގެން ދިޔައީ ސްޓްރަކްޗަރގައި ހަރުކޮށްފައިވާ ޕެނަލެއް ނޫންކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،، ކްލައިމެޓްޗޭންޖު އެންޑް ޓެކްނޮލޮޖީން ވިދާޅުވެއްޖެއެވެ.

ހުޅުމާލެއާއި މާލެއާއި ދެމެދު ހައިވޭގައި ޤާއިމްކުރަމުންދާ ސޯލަރ ޕެނަލް ސްޓްރަކްޗަރގެ ބައެއް ޕެނަލްތައް ގަދަ ވަޔާއެކު ވިއްސައިގެންދާކަމަަށް ބުނެ ދެކެވުންދާ ވާހަކަތަކާއި ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، ހުޅުމާލެ ބްރިޖް ހައިވޭގައި ގާއިމުކޮށްފައިވާ ސްޓަރަކްޗަރގެ މޫދާވީ ފަޅީގައި ސޯލަރ ޕީވީ މޮޑިއުލްސްތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް 4 ޕެނަލެއް ވަޔާއެކު ވިއްސައިގެން މޫދަށް ގޮސްފައިވާކަމަށެވެ. މީގެ އެއްވެސް ޕެނަލަކީ ސްޓްރަކްޗަރގައި ހަރުކޮށްފައި ހުއްޓައި ވިއްސައިގެން ދިޔަ ޕެނަލްތަކެއް ނޫންކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށާއި، އެ ޕެނަލްތަށް މިހާރުވަނީ މޫދުން ނަގާފައިކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވިއެވެ.

މިހާތަނަށް ބެލިބެލުމުން ސްޓްރަކްޗަރ އަކަށް ގެއްލުމެއް ވެފައިނުވާކަމަށާއި، ޑިޒައިން ފޯލްޓެއް ފާހަގަ ކުރެވިފައިވެސް ނުވާކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވިއެވެ. އެ މިނިސްޓްރީން ވަނީ ހައިވޭގައި ދަތުރު ކުރުމަށް ނުރައްކަލެއްވާފަދަ އެއްވެސް ހާދިސާއެއް ނުވަތަ އެފަދަ ނުރައްކަލެއް އޮތްކަމަކަށް މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައިނެތްކަމަށެވެ.

ހައިވޭއާއި ހުޅުމާލޭގައި ކުރިއަށްދާ ސޯލާ ޕީވީ މޮޑިއުލްސް ހަރުކުރުމުގެ މަސައްކަތަކީ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ވޯލްޑް ބޭންކްގެ އެހީގައި ސަރުކާރުން ކުރިއަށްގެންދާ އެކްސެލެރޭޓިން ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓްއިން ރިނިއުވަލް އެނާޖީ (އެސްޕަޔަ) ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.