ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޢަދާލަތު ޕާޓީން ކޯލިޝަން ހަދާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް ޝިއާރުގެ ދަށުންނ ކެމްޕެއިނަށް ނިކުތުމަށް ތައްޔާރުވެއްޖެއެވެ.
އަދާލަތު ޕާޓީއަކީ މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީ އެކެވެ. އަދި އެ ޕާޓީގެ އިސް ބައެއް ބޭފުޅުންނަކީ މި ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރުންނެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރު އިމްރާން އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ހިމެނިވަޑައިގަންނަވައެވެ.
ޢަދަލާތު ވަނީ އެމްޑީޕީން މިފަހަރު ބޭނުން ކުރާ "އުފާވެރި އަމާންރާއްޖެ" ކެމްޕެއިންގެ ދަށުން ކެމްޕޭން ފެށުމަށް ތައްޔާރުވެފައެވެ. ނަމަވެސް އެޕާޓީން ބޭނުން ކުރަނީ ފެހި ކުލައިގައެވެ. އެއީ އަދާލަތު ޕާޓީގެ ކުލައެވެ.
އުފާވެރި އަމާން ރާއްޖެ#ibu2023 pic.twitter.com/rE8MpQIv43
— Adhaalath Party (@AdhaalathOffice) July 3, 2023
ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓެއް ކަނޑައަޅުއްވާފައިވަނީ އެޕާޓީގެ ތެރޭގައި ބޭއްވު ރިޔާސީ ޕްރައިމަރީއަކުންނެވެ. މިއީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެތެރޭގެ ޕްރައިމަރީއަކުން ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅި ފުރަތަމަ ޕާޓީވެސް މެއެވެ.
ރިޔާސީ ޕްރައިމަރީއަށްފަހު ކެމްޕެއިން ހަރަކާތްތައް އެމްޑީޕީން ދަނީ މާލެއާއި އަތޮޅު ތެރޭގެ ރަށްތަކުގައި ކުރިއަށް ގެންދަމުންނެވެ. މިދަތުރުތަކުގެ ބޭނުމަކީ ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމާއި، ރަށްރަށުގައި ހުރި ކަންބޮޑުވުންތައް ސަރުކާރާއި ހަމައަށް ގެނެސް ދިނުމެވެ.
އެމްޑީޕީގެ ކެމްޕެއިން ދަތުރުތައް ރޭވިފައިވާ ގޮތާއި ގުޅޭގޮތުން އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބް އިބްރާހީމް ވަޙީދު ވިދާޅުވީ، ދަތުރުތައް މިހާރުވެސް ހުއްޓުމެއްނެތި ކޮންމެ ހަފްތާއަކުވެސް ކުރަމުންދާކަމަށެވެ. ނަމަވެސް ޢީދު ބަންދަށްފަހު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓާއިއެކު ރާއްޖޭގެ ހުރިހާ ރަށަކަށް ކެމްޕެއިން ދަތުރުތައް ކުރަން ހަމަޖެހިފައިވާކަމަށެވެ.
ރައީސްގެ ޢަމާޒަކީ ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުންކަމަށް އިބުރާހިމް ރަޝީދު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަށް ހުޅުވާލައްވާނީ 23 ޖުލައިން 3 އޯގަސްޓުގެ ނިޔަލަށެވެ. އަދި ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރައްވައި 9 އޯގަސްޓްގައި އިޢުލާންކުރައްވާނެއެވެ. ކެންޑިޑޭޓުން ކެމްޕެއިން ކުރެއްވުމަށް 10 އޯގަސްޓުން ފެށިގެން 8 ސެޕްޓެމްބަރާ ހަމައަށް ފުރުޞަތު ދެއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30 ގައި ބޭއްވެވުމަށްވެސް ވަނީ ނިންމަވާފައެވެ.