ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
މި އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:00 ޖަހާއިރަށެވެ. މި މައްސަލައިގެ އަޑުއެހުމެއް މިދިޔަ ޖޫންމަހު 20 ވަނަ ދުވަހަށް ތާވަލް ކުރުމުން އެ އަޑުއެހުން ކެންސަލް ކުރީ އެމައްސަލައިގައި ދެން ދައުވާ ކުރާ މއ. ކުރިކީލަހިޔާ އަހުމަދު ކުރި ރިޒާ ބަލިވެ އުޅޭތީއެވެ.
ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގގެ ދައުވާއެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާކަމަށް ދަޢުލަތުން ތުހުމަތުކުރެއެވެ. އަދި ސަން ކޮންސްޓްރަކްޝަން އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާކަމަށް އެމަނިކުފާނުގެ މައްޗަށް ތުޙުމަތުކޮށްފައިވެއެވެ.
ރައީސް ޔާމީންގެ އިތުރުން މިމައްސަލައިގައި މއ. ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާއާއި، ސަން ކޮންސްޓްރަކްޝަނާއި، ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.
މި މައްސަލައިގައި ހެކިބަސް ނެގުން ކުރިއަށްގެންދާއިރު، އީދު ބަންދަށް ދިއުމުގެ ކުރިންވެސް އަޑުއެހުންތަކެއް ވަނީ ފުލުފުލުގައި ކުރިއަށް ގެންގޮސްފައެވެ. އަދި އީދު ބަންދަށްފަހު މާދަމާއިން ފެށިގެންވެސް ފުލުފުލުގައި ހެކިބަސް ނެގުމަށް އަޑުއެހުންތައް ތާވަލު ކުރެވިފައިވެއެވެ. އެގޮތުން މިމަހު 4 ވަނަ ދުވަހަށްވެސް ވަނީ އަޑުއެހުމެއް ތާވަލްކޮށްފައެވެ.
ކްރިމިނަލް ކޯޓުން ފުއްގިރި މައްސަލަ އަވަސް އަރުވާލައިގެން ނިންމަން މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެ ޔާމީންގެ ގާނޫނީ ވަކީލުންނާއި، ސަޕޯޓަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރ. ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފައިވާއިރު، ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާއެއް ސާބިތުވުމާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
One Response
މިސަރުކާރުގެެ ނިމުންފާހަގަކުރުމައްް ތިޔަބާއްވާާ ރަސްމިއްޔާތުތައްް ފެނޭޭ ކަމެއްގެެ މުޖުރިމުންް މަގުތަކައްދޫކޮއްލާފައިި އެމުޖުރިމުުންގެެ އަދާވާތްތެރިއެއްް ކުޑަގޮޅީތޭރިތަކުފަހަތުގަަ ބަހައްޓައިގެންް އެޖުރިމުންބުނާހާާ ގޮތަކައްް ފެންނާންނެތްް ހެކިތަކެއްް އެމުޖުރިމުންބުނާގޮތަކައްް އިންސާނުންގެެ ބަމަބުއްދިއައްް ގަބޫލުނުކުރެވޭޭ ގޮތްގޮތައްް ކަންކަންް ބައްޓަންކޮއްް އަމިއްލައައްް ބިރުންރޯމަންޒަރުތައްް ފެންނަންފެށީނާާ ތިވަނީކިއްކަންް އެގޭޭ ތިހުރިހާމަންޒަރަކާާ އަޑެއްމިހާރުވަނީީ ދިވެހިރައްޔިތުންް ރިކޯޑުކޮއްް ފޮރުވާފަަ ފަހުންރިކޯޑިންތައްް އަޑުއަހާލަންް މިހާރުންފެށިގެތައްޔާރުވެެ އިންތިޒާރުކޮއްލާާ