އިންޑޮނޭޝިއާގެ ޖާވާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނޭޝިއާގެ ޖާވާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

Author
ހުސެއިން
30 ޖޫން 2023 07:07
0

އިންޑޮނޭޝިއާގެ ޖާވާއަށް ހުކުރު ދުވަހު މިންގަޑުން 6.5 ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެކަމަށް ޔުރަޕިއަން މިޑެޓެރޭނިއަން ސިސްމޮލޮޖިކަލް ސެންޓަރ (EMSC)އިން ހާމަ ކޮށްފިއެވެ.

ޔުރަޕިއަން މިޑެޓެރޭނިއަން ސިސްމޮލޮޖިކަލް ސެންޓަރއިން ބުނެފައިވަނީ ބިންހެލުން އައިސްފައިވަނީ ބިމުގެ އަޑިން ފުންމިނުން 57 ކިލޯމީޓަރު ފުނަށް ކަމުގައެވެ.

މި ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކު މަރުވިކަމުގެ މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.