ރޭ ފަތިސް ނަމާދުން ފައިބައިގެން ހިނގާފައި ދަނިކޮށް އެކްސިޑެންޓްވެ އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެނުންދަނީ ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާގެ ބޭބެ ޢަލީ ހަފީޒަށް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ހަފީޒު އެކްސިޑެންޓްވީ މަޖީދީ މަގުގައި ހުންނަ ރެޑްވޭވް ކައިރީގައި ހުންނަ ކުޑަ މިސްކިތަށް ގޮސް ފަތިސް ނަމާދުކޮށްގެން ގެޔަށް ހިނގާފަި ދަނިކޮށެވެ. ފުލުހުން ބުނީ، އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ މިއަދު ފަތިހު 5:00 ޖަހާކަންހާއިރު ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުޖާގެ ބޭބެގެ ހާލަތު ކްރިޓިކަލްއެވެ. ލިބިފައިވާ އަނިޔާތަކަށް އައިސީޔޫގައި ފަރުވާ ހޯދަމުންދާއިރު، ޢީދު ބަންދަށް ރަށަށް ގޮސްހުރި ޝުޖާއާއި ޢާއިލާގެ ގިނަ ބަޔަކުވެސް މިވަގުތު ވަނީ މާލެއައިސްފައެވެ.
ހަޒީފަކީ ޤައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއްވެސް މެއެވެ. ހަޒީޒު ޢާންމުކޮށް ކޮންމެ ދުވަހަކުވެސް ނަމާދަށް ދަނީ ހިނގާފައިކަމަށް އެނގިފައިވެއެވެ. ގެއާއި ކައިރީގައި މިސްކިތް ހުންނާތީ އަނަދުވެސް މިސްކިތަށް ގޮސް ހަދަނީ ހިނގާފައެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 22 އަހަރުގެ މީހެއް ކަމަށާއި އޭނާ އަތުގައި ލައިސަންސް ނޯންނަ ކަމަށެވެ.
ޚަބަރު އޮންލައިންގެ ފަރާތުން އެދެނީ ޝުޖާގެ ބޭބެ ޢަލީ ހަފީޒަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުމެވެ.
One Response
ދުއްވަން އިނީ ގޭންގް ސޮރެއް ނަމަ ކުރެވޭނެ އެއްވެސް ތަހުގީގެއް ނޯންނާނެ.