މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2023 އަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2023 އަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2023 އަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޓް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އިއްޔެ ބުނީ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2023 އަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެއިން ފެށިގެން އަންނަ މަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް ހުޅުވާފައިވާ ކަމަށެވެ.

އެ އެވޯޑަށް ވޯޓު ދިނުން ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށާއި ވޯޓުލުން ކުރިއަށް ގެންދަނީ އަންނަ މަހުގެ ދިހަވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އެ އެވޯޑު ދިނުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ 24 ވަނަ ދުވަހު ކަމަށް މަޓާޓޯ އިން ބުންޏެވެ.

މަޓާޓޯ އިން ބުނީ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2023އާ ބެހޭ އިތުރު މައުލޫމާތު http://www.maldivestravelaward.com އިން ލިބެން ހުންނާނެ ކަމަށާއި އެ އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލްކުރުމަށް އެދޭ ކަމަށެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސް އަކީ 2012 ވަނަ އަހަރުން ފެށިގެން މަޓާޓޯ އިން ބާއްވަމުން އަންނަ އެވޯޑެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *