ރާއްޖޭގެ ތިމާވެއްޓާއި ގުޅުންހުރި ދިރާސާތަކުގެ މަސައްކަތްތަކަށް ޚާއްޞަކޮށްގެން ބަނދެގެން ގެނައިކަމަށް ބުނާ އުޅަނދު މަރާމާތު ކުރުމަށްޓަކައި އެހެލައިފިއެވެ.
"ތިމާވެށި" ނަން ދީފައިވާ މި އުޅަނދަކީ ކަޓަމަރައިން ޑިޒައިނަށް ފައިބަރުން ބަނދެފައިވާ 100 ފޫޓްގެ އުޅަނދެކެވެ. މި އުޅަނދަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ކުރިއަށްދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުން ހަރަދުކޮށްގެން އިންޓަނޭޝަނަލް ބިޑިންގެ އުސޫލުން ބީލަން ކާމިޔާބުކުރި އިންޑިޔާގެ ކުންފުންޏެއް ކަމުގައިވާ ވިޖޭ މެރައިން ޝިޕްޔާޑާއި ހަވާލުކޮށްގެން ބަނދެފައިވާ އުޅަނދެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މި އުޅަނދުގެ ޢަމަލީ މަސައްކަތްނިމި އިންސްޕެކްޝަން އަދި ސީ ޓްރައިލްގެ މަސައްކަތް އީޕީއޭ އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒިފުން ހިމެނޭ ޓީމަކުން ވަނީ އިންޑިޔާގެ ގޯއާގައި ކުރިއަށް ގެންގޮސްފައެވެ.
އުޅަނދު ރާއްޖެ ގެނައިތާ މަސް ދުވަސް ނުވަނީސް މިހާރު ވަނީ އިތުރު މަރާމާތަށް އެހެލާފައެެވެ. ބޯޓު އެހެލާފައި އޮތްއިރު، ވަރަށް ބޮޑަށް ބާވެ، ލަކުޑިތައްވެސް ނެއްޓިފައިވާތަން ފެނެއެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި އިދާއަކުން އަދި އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.
މިލިއަން ޑޮލަރުގެ ޝިރުކު ބޯޓްގައި ޖަހާ ކާށި ފެޅިތާ ފޮއި ދުވަސް. މިހާރު ބާދަގަނޑަށް ކިރަން އެހެލާފަ pic.twitter.com/IYyiC7kHlG
— ރުކުމާ (@RukumaA) June 24, 2023
މި އުޅަނދުގެ މެއިން ޑެކްގައި 3 މީހުންގެ ޖާގައިގެ 2 ކޮޓަރި، ފާޚާނާއާއެކު އަދި ކާތަނެއްގެ އިތުރުން ބަނދިގެއެއްވެސް ހިމެނޭކަމަށް އީޕީއޭއިން ވިދާޅުވިއެވެ. މި ޑެކްގައި މަސައްކަތަށް ޚާއްސަކުރެވިފައިވާ ޖާގައިގެ އިތުރަށް ވެޓްލެބް, ޑްރައި ލެބް, އަދި ޑައިވިން ކޮމްޕްރެސަރ ރޫމެއްވެސް ހިމެނޭކަމަށް އީޕީއޭއިން ވިދާޅުވިއެވެ.
މީގެ އިތުރުން މަތީ ޑެކްގައި ވީލް ހައުސްގެ އިތުރަށް މާސްޓަރ އަދި އިންޖިނިއަރ އަށް ހާއްސަ ރޫމަކާއި އިތުރު 4 މީހުންގެ ޖާގައިގެ 3ކޮޓަރި ހިމެނޭކަމަށާއި، މި އުޅަނދާއެކު އިމަރޖޭންސީގައި ބޭނުންކުރުމަށް ހާއްސަ ޑިންގީއެއްވެސް ހިމެނޭކަމަށް އީޕީއޭއިން ވިދާޅުވިއެވެ.
މިހާ އާބޯޓެއް ގެނައިތާ ގިނަ ދުވަސްތަކެއް ނުވެ އެހެލައި އިތުރަށް މަރާމާތު ކުރަން ޖެހުމަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމެކެވެ.
One Response
ތަނަކުން އެހީއެއް ދިނަސް ފުޅިއްސާލާފަ މި އޮންނަނީ. މިވަރުގެ މީހުން ލައިގެން ހޯދޭނެ ކުރިއެރުމެއް އޮންނާނެތަ.