ރޯގާ އިތުރުވާތީ މިކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ރޯގާ އިތުރުވާތީ މިކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ގުޅުންހުރި

މިދުވަސްވަރު ގައިން ގަޔަށް އަރާ ބަލިތައް އިތުވާތީ، މިކަމަށް ރައްކާތެރިވެ ތިބުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން މިކަމަށް އިލްތިމާސްކުރެއްވީ އީދު ބަންދާއި ސްކޫލް ޗުއްޓީ ކުރިއަށް އޮވެފައި، މިދުވަސްވަރު ރޯގާއާއި ބޭރަށް ހިންގުން އިތުރުވެފައިވާތީއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނުގައި ވިދާޅުވީ މި ދުވަސްވަރު އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން އާއްމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުވެފައިވާކަމަށެވެ. އަދި ކުރިއަށް އޮތީ އީދު ބަންދާއި ސްކޫލް ބޮޑު ޗުއްޓީކަމުން އެއް ތަނުން އަނެއް ތަނެއް ދަތުރުކުރުމާއި، މީހުން އެއްވެ އުޅުން އިތުރުވެގެންދާނެތީ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިއްމުކަމަށެވެ.

ކޯވިޑް ނަވާރައާއި އިންފްލުއެންޒާ ފަދަ އަރިދަފުސް ރޯގާތަކުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި ރައްކާތެރިވުމަށް ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ވީހާވެސް އަވަހަށް ޓެސްޓު ކުރުމާއި، އާންމު ތަންތާގައި އުޅޭ އިރު ގައިދުރުކަން ބެހެއްޓުމުގެ އިތުރުން ސާފު ތާހިރުކަމަށް އިސްކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި ބޭރަށް ހިންގުމާއި ހޮޑުލުލުމުން ރާއްކާތެރިވުމުގެ ގޮތުން ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި އާއްމު ދިރިއުޅުމުގައި އުޅޭއިރު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށް އިސްކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

މީގެއިތުރުން ޑެންގީ އަދި ޗިކުންގުންޔާއިން ރާއްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުންއެޅުމާއި މަދިރި ލޯޝަން، ސްޕްރޭފަދަ ތަކެތި ބޭނުން ކުރުމަށް އިސްކަންދޭންޖެހޭކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މިއިން ބައްޔެއް ޖެހިއްޖެ ހާލަތެއްގައި ގިނަގިނައިން ލޮނުޕެކެޓް، ފެން އަދި ސޫޕް، ކުރުނބާ ފެންފަދަ ދިޔާތަކެތި ބޭނުންކުރުމާއި ތުއްތުކުދިންނަށް ކިރުދިނުން ކުރިޔަށްގެންދިޔުމުގެ އިތުރަށް ގިނަގިނައިން އަރާމުކުރުމަކީ ބައްޔަށް ލުއިވެގެންދާނެ ކަމެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ބަލީގައި ބޮޑުވަރުވާނަމަ އަވަހަށް ޑޮކްޓަރަށް ދެއްކެވުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ