ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވެފައިވަނީ، އެކްސިޑެންޓްވެގެން އެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އުމުރުން 65 އަހަރުގެ ދިވެހި ފިރިހެނެއް ކަމުގައެވެ. ނިޔާވީ ޓެކްސީ ޑްރައިވަރެއްކަން އެގިފައިވާއިރު، އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ 2 ވަނަ ފޭސްއަށް އެރުމަށް ހަދާފައިވާ ބުރިޖް ކައިރިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވާ ގޮތުގައި މި އެކްސިޑެންޓު ހިގާފައިވާކަމަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހަވީރު 5:47 ގައެވެ. އަދި އެކްސިޑެންޓް ހިގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ފޭސް1ގެ ހިތިގަސް މަގު ޕްލެޓިނަމް ކައިރިން ދެ ކާރެއް ޖެހި، ކޮންޓްރޯލް ނުވެ ގޮސް ޑިވައިޑަރުތަކުގައި ޖެހިގެން ކަމުގައިވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން އިތުރަށް ވިދާޅުވެފައިވަނީ އެކްސިޑެންޓުގައި އަނިޔާވެގެން ހޮސްޕިޓަކަށް ގެންދިޔައީ 3 މީހުންކަމަށާއި، ނިޔާވެފައިވަނީ އެ 3 މީހުންގެ ތެރެއިން އެކަކުކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމުގައެވެ. އަދި ނިޔާވެފައިވާ މީހާއަކި އެކްސިޑެންޓުވި ދެ ކާރުގެ ތެރެއިން އެއް ކާރު ދުވަން އިން ޑްރައިވަރު ކަމަށާއި، އެކާރުގައި އިނީ އޭނާއެކަނި ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައި ވެެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވާ އަނެއް ދެމީހުންނަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާތަކެއް ކަމެއް އަދި ސާފު ވެފައެއް ނުވެއެވެ.

އެކްސިޑެންޓަށްފަހު މިހާރު އާންމު ވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެކްސިޑެންޓުވި ކާރު ފުލުހުން ޖަހާފައިވާ ޑިވައިޑަރުތަކުގައި ޖެހި ޓެކްސީއަށް ވަނީ ގެއްލުން ވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *