ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި

ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި

Author
ހުސެއިން
18 ޖޫން 2023 10:52
0

ހުޅުމާލެ ފޭސް 2 ގައި އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި މީގެ 3 ދުވަސް ކުރިން ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސްވެ މިހާރު ފަރުވާ ދެމުންދަނި ވެންޓީލޭޓަރުގައި ކަމަށް އައިޖިއެމްޗްއިން ބުނެފިއެވެ.

"ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހާލު ސީރިއަސްވެ ފަރުވާ ދެމުންދަނީ ގދ. މަޑަވެލީގެ މީހަކަށެވެ. އަދި އޭނާއަކީ އުމުރުން 20 އަހަރުގެ ފިރިހެނެއް ކަމަށްވެސް ވަނީ އެނގިފައެވެ. އެކްސިޑެންޓަށްފަހު އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އައިޖީއެމްއެޗްއިން ހާމަ ކޮށްފައެއް ނުވެއެވެ.

މި އެކްސިޑެންޓް ހިނގީ ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރަމުން އަންނަ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުން އަންނަ "އަމަން އުދަރެސް" ފްލެޓްތައް ހުންނަ ސަރަޙައްދުގައެވެ.

އެ މީހާ އަށް ލިބުނު އަނިޔާގެ ތަފުސީލު ފުލުހުންވެސް ހާމަކޮށްފައި ނުވާ އިރު، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ މީހާގެ އަތް އޮތީ ވަރަށް ބޮޑަށް މަށައިގެން ގޮސްފަ އެވެ. އަދި ބެލެވޭ ގޮތުގައި އޭނާ ދުއްވާފައި އައި ސައިކަލުން ބަހުގައި ޖެހި، ބަހުގެ ބިއްލޫރިގަނޑު ވެސް ހުރީ ވަރަށް ބޮޑަށް ތަޅައިގެން ގޮސްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

I I124Q
kihaa riythi miygaa gows miviy sykal dhuvi miyhaa vaki bus ves aiy madehkosheh noon ma dhekunin