ރައްޔިތުން ތިބީ މީ ޤާސިމްގެ ފަހަރު ކަމަށް ނިންމައިގެން: އަލީ އާރިފް

ރައްޔިތުން ތިބީ މީ ޤާސިމްގެ ފަހަރު ކަމަށް ނިންމައިގެން: އަލީ އާރިފް

Author
މުޙައްމަދު ޝަޒައިމް
16 ޖޫން 2023 04:11
0

ދިވެހި ރައްޔިތުން ތިބީ މީ ޤާސިމްގެ ފަހަރު ކަމަށް ނިންމައިގެން ކަމުގައި ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ތެރޭގައި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ޤާސިމް ހަދައިގެން ޤާސިމްގެ މާލިއްޔާއިން މަންފާތަކެއް ހޯދުމަށް ވަކި ބަޔަކު މަސައްކަތް ކުރަމުންދާކަމަށް ބުނެ ކުރީގެ ޔޫތު މިނިސްޓަރ މަލީހު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.

މަލީހު ވިދާޅުވެފައިވަނީ ޖޭޕީގެ ތެރޭގައި ތިއްބެވި ބައެއް ބޭފުޅުން ތިއްބެވީ ޤާސިމް ތިޖޫރީ ނުހުޅުވައިގެން ކަމަށެވެ. ނަމަވެސް ޤާސިމް އަށް އެކަން ވިސްނި ހުންނެވީ ތިޖޫރީގައި ތަޅު ލައްވައިގެން ކަމަށާއި، ތިޖޫރީ ހުޅުވުމަކީ ބުއްދިވެރިވެސް ކަމެއް ނޫންކަމަށް މަލީހު ވިދާޅުވިއެވެ.

ޖޭޕީގެ ލީޑަރަށް, ބުއްދިވެރިވާނީ ތިޖޫރީގައި އިތުރު ތަޅެއް އަޅުއްވައި އިންތިޚާބު ނިމެންދެން ބެހެއްޓެވިއްޔާ. ކަނާތާއި ވާތް ފަރާތުގައިވެސް ބިޔަ ޓައިގާ ޝާކު (ފެމުނު) ހޭރިޔާ އެބަ ކަނޑާ. ތިޖޫރީ ނުހުޅުވައިގެން އެވާހަކަ އެބަދައްކަވާ. ޚަރަދު ނުކުރައްވާ ވޯޓް ހޯއްދަވާ ފަހަރަކަށް ހައްދަވާ.

– މަލީހު ވިދާޅުވިއެވެ.

މަލީހުގެ ވާހަކަތަކަށް ރައްދު ދެއްވައި އަލީ އާރިފް ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޤާސިމަށް ދިވެހި ރާއްޖޭގެ ވެރިކަން ދިނުމަށް ނިންމައިގެން ކަމަށެވެ. ޤާސިމް ނޫނީ ދިވެހި ރައްޔިތުންނަށް ހެޔޮ އެދިގެން ޚިދުމަތްކޮށް ދެއްވާނެ ބޭފުޅެއް ނެތްކަން ރައްޔިތުންވެސް ގަބޫލު ކުރާކަމަށް އަލީ އާރިފް ވިދާޅުވިއެވެ.

ރައްޔިތުން ތިބީ މީ ޤާސިމްގެ ފަހަރު ކަމަށް ނިންމައިގެން. އޮނަރަބަލް ޤާސިމް އިބްރާހިމް ނުނީ ރައްޔިތުންނަށް ތެދުވެރި ކަމާއިއެކު ޚިދުމަތްތައް ކޮށްދެއްވާނެ ބޭފުޅަކު ނެތްކަން ރައްޔިތުންނަށް އެނގޭ.

– އަލީ އާރިފް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން ދަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކެމްޕެއިން ފަށައި، މެނިފެސްޓޯއެއްވެސް އިއުލާންކޮށްފައެވެ. ނަމަވެސް އަދި ރަސްމީކޮށް އަތޮޅު ތެރޭގެ ރަށްތަކަށް ކެމްޕެއިން ދަތުރުތައް ފަށާފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިއްބެ
ތިޔަހެންކޮއްމެފަހަރަކުވެސްކިޔައިޤާސިމުދަވާލައިގެންހުރިހައިމީހުންވެސްފިލަނީ
ވ ވަހީފދު
ހެޔޮނުވާނެ ޤާސިމް ނުދޮވެ ބައްޓަވާ