400 މީޓަރުގެ ޖޫނިއާ ރެކޯޑު މުގުރާކީ ޓްރެކް އެންޑް ފީލްޑުގެ ޒިވާ

400 މީޓަރުގެ ޖޫނިއާ ރެކޯޑު މުގުރާކީ ޓްރެކް އެންޑް ފީލްޑުގެ ޒިވާ

އަންހެނުންގެ 400 މީޓަރު ދުވުމުގެ ޤައުމީ ޖޫނިއާ ރިކޯޑު ރާއްޖޭގެ އަރަމުން އަންނަ ދުވުންތެރިޔާ ޒިވާ މޫސާ ޝަފީއު މުގުރާލައިފިއެވެ.

ޒިވާއަކީ ޓްރެކް އެންޑް ފީލްޑުގައި، އަބްދުﷲ އިބްރާހިމްގެ ކޯޗު ކަމުގެ ދަށުން ތަމްރީން ހޯދަމުންދިޔަ އަރަމުން އަންނަ ޒުވާން ދުވުންތެރިއެކެވެ. ޒިވާއަކީ ކުރިން 100 މީޓަރަށް ދުވަމުން އައި ދުވުންތެރިއެކެވެ. ނަމަވެސް އޭނާއަކީ 400 މީޓަރަށް ދުވެވޭނެ ކެޕޭސިޓީ ހުރި ހުނަވެރި ދުވުންތެރިއެއްކަން ކޯޗު އަބްދުﷲ އަށް ޔަގީންކަން އޮތުމުން ޒިވާ ވަނީ 400 މީޓަރުގެ ދުވުމަށް ބަދަލުކޮށްފައެވެ.

އިންޑިއާގެ ބުބަނޭޝްވަރުގައި ކުރިއަށްދާ އެ ޤައުމުގެ 62 ވަނަ ނެޝަނަލް އިންޓަރ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށާއި، ތަމްރީންތަކަށް ޒިވާ ދިއުމުގެ ކުރިން ކޯޗު އަބްދުﷲގެ އިރުޝާދުގެ ދަށުން މާލޭގައި ގެންދިޔައީ ތަމްރީންތައް ފުރިހަމަ ކުރަމުންނެވެ.

އިންޑިއާގެ އިންޓަރ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކޮށް، ޒިވާ ވަނީ އޭނާ ވާދަކުރި ހަތަރުވަނަ ހީޓުގެ ހަތްވަނަ ހޯދައި، 58.86 ސިކުންތުން ރޭސް ނިންމާފައެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 2019 ވަނަ އަހަރުގެ އޭޝިއަން ޔޫތު ޗެމްޕިއަންޝިޕުގެ 400 މީޓަރު ދުވުމުގައި ވާދަކުރި އައިޝަތު ހިމްނާ ހަަސަން އަތުގައެވެ. ހިމްނާ އެ ފަހަރު ރިކޯޑު ހެދީ 59.18 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އަންހެނުންގެ 400 މީޓަރު ދުވުމުގެ ޖޫނިއާ ރިކޯޑު ޒިވާ މުގުރާލިއިރު، އޭނާ ވަނީ މިދިޔަ އޭޕްރީލް މަހު އިންޑިއާގައި ކުރިއަށްދިޔަ ގްރޯން ޕްރީގެ ތިންވަނަ މުބާރާތުން ލޯ މެޑެލް ހޯދާފައެވެ. ސީނިއާ ކެރިއަރުގެ ފުރަތަމަ ބައިނަލްއަޤުވާމީ މެޑެލް ޒިވާ ހޯދީ އަންހެނުންގެ 200 މީޓަރު ދުވުމުގައި ވާދަކޮށް 26.84 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ޓްރެކް އެންޑް ފީލްޑުގައި ޤައުމަށް ރީތިނަން ހޯދައިދެވޭނެ އުންމީދީ އެތުލީޓުން އެބަތިބި: ޗަމްޕީ

ޓްރެކް އެންޑް ފީލްޑުގައި ޤައުމަށް ރީތިނަން ހޯދައިދެވޭނެ އުންމީދީ އެތުލީޓުން އެބަތިބި ކަމުގައި އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވަނީ މިދިޔަ އަހަރު ބޭއްވި ޓްރެކް އެންޑް ފީލްޑު އެސޯސިއޭޝަނަށް ގައުމީ އެތުލެޓިކްސް މުބާރާތުގެ އަންހެން ޗެމްޕިއަންކަން ވިދި ވިދިގެން ތިން އަހަރު ލިބުމާއި ގުޅިގެން ބޭއްވި ޚާއްސަ ހަފްލާގައި ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *