އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ ގޮތުން ކުރި ހޯއްދެވުމަށް ގެންގުޅުއްވާ އުކުޅުތަކަކީ އެމްޑީޕީ މީހުން ތަޖުރިބާކޮށްފައިވާ މާފަރިތަ އުކުޅުތަކެއް ކަމުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓާ މޫސާ އަލި މަނިކު، މޫކޭ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޑިމޮކްރެޓްސްގެ ބައްދަލުވުމެއް ކުރިއަށްދަނިކޮށް އެ ޕާޓީގެ ހަރުގެއަށް މިރޭ ބަޔަކު ކަޅު ތެޔޮ ޖެހުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ބައެއް ފަރާތްތަކުން ބުނަމުންދަނީ މިއީ މޫކޭ އަޑީގައި ހުންނަވައިގެން ހިންގާފައިވާ ކަމެއްކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު ތިއްބެވި އެމްޑީޕީގެ ކުރީގެ މެމްބަރުންތަކެއް އިސްވެ އުފައްދަވާ ޑިމޮކްރެޓްސް އިން ބުނީ، އާޓިފިޝަލް ބީޗު ކުރިމަތީގައި ހިންގާ ހަރުގެއަށް ކަޅުތެޔޮ ޖެހީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ ކެމްޕެއިންގެ އޮނިގަނޑު އެކުލަވާލުމުގެ މަޝްވަރާ ކުރިއަށް ދަނިކޮށް ކަމަށެވެ.
މިކަމާއި ގުޅޭގޮތުން މޫކޭ ވަނީ ރައީސް ނަޝީދު ސިޔާސީ ގޮތުން ކާމިޔާބު ހޯދަން ކުރާ މަސައްކަތްތަކަކީ ދިވެހިން ވަރަށް ފަރިތަ ކަންތައްތަކެއް ކަމަށެވެ. އަމިއްލައަށް ކަޅުތެޔޮޖަހައި، ވެއްޓި ހައްޔަރުވެ، އިސްތިއުފާ ދީ ހެދުމަކީ ނަޝީދު ކޮށް އުޅޭ ކަންތައްތަކެއް ކަމަށެވެ. މިއީ ދިވެހިންވެސް އަދި އެމްޑީޕީގެ މެމްބަރުން މާފަރިތަ ކަންތައްތަކެއް ކަމަށް މޫކޭ ވިދާޅުވިއެވެ.
އަމިއްލަފުޅަށް ކަޅުތެޔޮ ޖެއްސެވުމާއި، ތަކެއްޗަށް ގެއްލުން ދިނުމާއި، ވެއްޓި ވަޑައިގަތުމާއި، ދުވެ ވަޑައިގަތުމާއި، އަވަސް އަވަހަށް ހައްޔަރުވެ ވަޑައިގަތުން އަދި ދައުރު ފުރިހަމަ ނުކޮށް އިސްތިއުފާ ދެއްވުން ފަދަ ކަންކަމަށް ދިވެހިން ހޭނި ބާވެއްޖެތެވެ. ދަނޑިފުޅު ރަދުންގެ އިހުގެ ކުޅިބަޔަށް ދިވެހިން ފަރިތައެވެ. އަދި އަމުދުން އެމްޑީޕީ މާ ފަރިތައެވެ.
– މޫކޭ ވިދާޅުވިއެވެ.
ސޯޝަލް މީޑިއާއިން ފެންނަ ފޮޓޯތަކުގައި، ހަރުގެ ތެރޭގައި ތިބި މީހުންގެ ގަޔަށް ވެސް ކަޅު ޖަހާފައިވެއެވެ. އޭގެ ތެރޭގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވެސް ހިމެނިވަޑައިގަންނަވައެވެ.
އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކަޅު ތެޔޮ ޖެހިއަސް ޑިމޮކްޜެޓްސް އިން ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.
One Response
މި މީހުން ގައިމުވެސް މަގުހަދާކަށް ފަރިތައެއް ނޫން. އަމީނީ މަގު ނިމޭނެ ދުވަހެއްވެސް ނޭނގެ.