ގެދޮރުނެތް މީހުންނަށް ކެނެޑާ ސަރުކާރުން ދިން އެހީޔަށް ކުރިކަމެއް ހާމަކޮށްދޭންޖެހޭ: ޑރ.މުއިއްޒު

ގެދޮރުނެތް މީހުންނަށް ކެނެޑާ ސަރުކާރުން ދިން އެހީޔަށް ކުރިކަމެއް ހާމަކޮށްދޭންޖެހޭ: ޑރ.މުއިއްޒު

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކެނެޑާ ސަރުކާރުންދިން 1 މިލިއަން ރުފިޔާއަށް ހެދި ގޮތެއް ހާމަކޮށްދޭންޖެހޭ ކަމުގައި ކުރީގެ ހައުސުން މިނިސްޓަރ އަދި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގައި ބޯހިޔާވަހިކަން ނުލިބި ގިނަބަޔަކު ތިބެ އެކަމުގެ ޝަކުވާ ބޮޑުވެފައިވާ މިދަނޑިވަޅުގައި ދުނިޔޭގެ ބައެއް ޤައުމުތަކުންނާއި މާލީ އިދާރާތަކުން ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް ދެއްވާފައިވާ އެހީތަކާއިމެދު ޑރ.މުއިއްޒު ވަނި ސުވާލު އުފައްދަވާފައެވެ. މުއިއްޒު ވިދާޅުވީ ކެނެޑާއިން ރާއްޖޭގައި ވަންނާނެ ގެދޮރެއްނެތި ދިރިއުޅެމުންދާ ރައްޔިތުންނަށް އެހީތެރިވުމަށް ދިން ފައިސާއަށް ހެދި ގޮތެއް ސާފު ކޮށްދޭންޖެހޭ ކަމަށެވެ.

ވަންނާނެ ގެދޮރެއްނެތި ދިރިއުޅެމުންދާ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާ ސަރުކާރުން ދެއްވި އެހީއިން ކުރިކަމެއް، އެ ރައްޔިތުންގެ ޙައްޤުގައި ސާފުކޮށްދޭންޖެހޭ! މާލެ ސިޓީކައުންސިލަކީ މާލޭގެ މިފަދަ ނިކަމެތި ރަައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ތަނަކަށް ހަދަންޖެހޭ!

– ޑރ.މުއިއްޒު ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކެނެޑާ ސަރުކާރުން ރާއްޖެއަށް ދިން 1 މިލިއަން ރުފިޔާގެ އެހީއެއް ދީފައިވަނީ މިއަހަރުގެ މޭ މަހުގެ ތެރޭގައެވެ.

ޙާލުގައި ޖެހިފައިވާ މީހުން ތިބޭނެ ވަގުތީހިޔާއެއް ޤާއިމްކުރުމުގެ އިތުރުން ބޭނުންވާ އިތުރު އެހީތައް ދިނުމަށް ހިންގާ މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އިންނެވެ. މި މަޝްރޫޢުގެދަށުން އެހީތެރިކަން ބޭނުންވާ 400 އެއްހައި މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދެވޭނެކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތުދީފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *