ސޭޝެލްސްގެ ރައީސް އާދީއްތަ ދުވަހު ރާއްޖެއަށް ވަޑައިގަންނަވަނީ

ސޭޝެލްސްގެ ރައީސް އާދީއްތަ ދުވަހު ރާއްޖެއަށް ވަޑައިގަންނަވަނީ

ގުޅުންހުރި

ސޭޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މި ދަތުރުފުޅު އޮންނާނީ މިމަހުގެ 11 އިން 14 އަށެވެ. ނަމަވެސް މި ދަތުރުފުޅާގުޅޭ އެއްވެސް ތަފްޞީލެއް ސަރުކާރުން އަދި ހާމަކުރައްވާފައެއްނުވެއެވެ.

އެހެންނަމަވެސް، ސޭޝެލްސްގެ ރައީސްގެ މި ދަތުރުފުޅާގުޅިގެން މާލޭގެ ބައެއް ސަރަޙައްދުތަކުގެ ޓްރެފިކަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން އަންނަ އާދިއްތަ އިން ބުދަ ދުވަހަށް ސޭޝެލްސްގެ ރައީސް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، މާލޭގެ ޖެޓީ ނަންބަރު 3, 2, 1 ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް، ފަޅަށް ވަދެ ނުކުމެ ހެދުން ސަލާމަތީ ސަބަބުތަކަށްޓަކައި އެކި ވަގުތު ތަކުގައި ބަންދު ކުރެވޭނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ޖޫން 11 އިން 14 އަށް ސީޝެލްސްގެ ރައީސް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، މާލޭގެ ޖެޓީ ނަންބަރު 3, 2, 1 (ލޯކަލް މާރުކޭޓް ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް) ފަޅަށް ވަދެ ނުކުމެ ހެދުން ސަލާމަތީ ސަބަބުތަކަށްޓަކައި އެކި ވަގުތު ތަކުގައި ބަންދު ކުރެވޭނެއެވެ.

ފުލުހުން ވަނީ އެ ސަރަޙައްދުގެ ފަޅުގައި އަޅާފައިވާ އުޅަނދުތައް ޖޫން 11 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނެގުމަށް އަންގަވާފައެވެ. އަދި ފަޅަށް ވަދެ ނުކުމެ ހެދުމުގައި، މެރިން ޕޮލިހާއި ކޯސްޓުގާޑުގެ އިރުޝާދާ އެއްގޮތަށް އުޅަނދުތަކުގެ ކެޕްޓަނުން އަމަލު ކުރެއްވުމަށްވެސް ފުލުހުން އަންގަވާފައިވެއެވެ. ދިވެހިރާއްޖެއާ ސޭޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1980 ވަނަ އަހަރުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ