ހުޅުމާލޭ ފޭސް 2ގެ ބޭރުން، ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަޑު ފެނިއްޖެ

ހުޅުމާލޭ ފޭސް 2ގެ ބޭރުން، ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަޑު ފެނިއްޖެ

Author
ހުސެއިން
07 ޖޫން 2023 01:31
0

‏2023 ޖޫން 6 ވަނަ ދުވަހުގެ 17:56 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2، އެޗް 16 އާ ދިމާއިން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ، އެ މީހާގެ ހަށިގަނޑު ފެނުނުއިރު އޮތީ ގިރުވާނުލީ އަތްކުރު ކަޅުލުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން އަދި ކަޅުކުލައިގެ ބޫޓަކަށް އަރައިގެން ކަމުގައެވެ. އަދި ބިދޭސީއެއް ކަމަށް ބެލެވޭ އެމީހާގެ ހަށިގަނޑު މިހާރުވަނީ ގަލޮޅު މޯޗަރީގައި ކަމަށްވެސް ފުލުނުން ހާމަ ކޮށްފަ ވެއެވެ.

މިހާތަނަށް ބެލިބެލުމުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށާއި، އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓުގެ ނަމްބަރ 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށްވެސް ފުލުހުން އެދިފައި ވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.