ސިނަމާލެ ބުރިޖް މަތީގައި ކާރެއްގައި ރޯވެއްޖެ

ސިނަމާލެ ބުރިޖް މަތީގައި ކާރެއްގައި ރޯވެއްޖެ

Author
ހުސެއިން
03 ޖޫން 2023 04:43
0

ސިނަމާލެ ބުރިޖް މަތީގައި ދުއްވާފައިދިޔަ ކާރެއްގައި ރޯވެއްޖެއެވެ. ރޯވެފައިވަނީ ޓެކްސީއެއްގައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ވަރަށް ބޮޑަށް ރޯވެފައިވާ މި ކާރުގައި ރޯވެފައިވަނީ ހުޅުމާލެއާއި ބުރި ގުޅޭ ޓްރެފިކް ލައިޓް ކައިރީގައެވެ. އަދި ރޯވެފައިވަނީ ކާރުގެ އިންޖީނުގައެވެ. ކަރިގައި ރޯވުމާއި ގުޅިގެން އަލިފާން ނިއްވުމަށް އެމްއެންޑީއެފްގެ އަލިފާން ނިއްވާ ލޮރީއެއްވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.

އެމްއެންޑީއެފްސިން ބުނެފައިވަނީ ބުރިޖު މަތީގައި ކާރިގައި ރޯވި އަލިފާން ނިއްވާލެވިފައިވަނީ 16:20 ގައި ކަމަށާއި، ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 16:09 ގައި ކަމުގައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

ތަފްސީލް އަންނަނީ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.