މާލެއިން ފުރައިގެން 10 މީހުންނާއިއެކު ދަތުރު ކުރަމުންދިޔަ ބޯޓެއްގައި ރޯވެ އަނދާ ހުލިވއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މާލެ އިން ފުރައިގެން ރ. ރަސްގެތީމަށް ދަތުރު ކުރަމުންދިޔަ "ހޮރައިޒިއާ 2″ ނަމަކަށް ކިޔާ ދޯންޏެއްގެ އިންޖީނު ރޫމްގައި ރޯވެގެން ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެ ބޯޓުގައި ރޯވެފައި ވަނީ ބ. އަތޮޅު 4 ސީޒަން ރިސޯޓް ކައިރިން ކަމަށެވެ. އެ ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ލަޑާ ގިރާވަރު ރިސޯޓުގެ މުވައްޒަފުންވެސް މަސައްކަތް ކޮށްފައިވެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 7:16 ހާއިރު ކަމަށެވެ. އަދި މި ބޯޓުން ދަތުރު ކުރި 10 މީހުން މިހާރު ފޯ ސީޒަން ރިސޯޓުގެ ލޯންޗަކަށް ނަގާފައިވާ ކަަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އޭގެ އިތުރުން، ބ. އޭދަފުސީ ސީއެމްބިއުލާންސާއި، ޅ. މާފިލާފުށިން ކޯސްޓްގާޑް ހާބަރ ކްރާފް ލޯންޗް މިޙާރު ދަނީ އެ ސަރަހައްދަށް ދިއުމަށް ދަތުރު ކުރަމުންނެވެ. އަދި ސިފައިން ދިން މައުލުމާތަށް ބަލާއިރު، ބޯޓުން ދަތުރު ކުރި މީހުންގެ ހާލު ރަނގަޅެވެ.
ކޮމެންޓު ފޮނުވާ