ލަންޑަންގެ އެންމެބޮޑު ގްރާސްރޫޓްސް ފުޓްބޯޅަ ނެޓްވޯކްގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު!

ލަންޑަންގެ އެންމެބޮޑު ގްރާސްރޫޓްސް ފުޓްބޯޅަ ނެޓްވޯކްގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު!

އިނގިރޭސިވިލާތުގެ ލަންޑަންގެ އެންމެ ބޮޑު އެއް ގްރާސްރޫޓްސް ފުޓްބޯޅަ ނެޓްވޯކްގެ ސީޒަންގެ އެންމެ މޮޅު ކޯޗަކަށް ރާއްޖޭގެ ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ހޮވިއްޖެއެވެ.

މިކާމިޔާބީ ލިބުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރީ އަލީ ވަހީދު ކޯޗުކޮށްދިން ސެންޗެނަރީ ކަޕް ބީގެ ޗެމްޕިއަން ކަން ސްޕޯޓިން ލަންޑަން އަށް ކާމިޔާބު ކުރުމުންނެވެ. މިކާޔާބީއަކީ ދެ އަހަރު ދުވަހު ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށް އަލި ވަހީދު ވަނީ ވިދާޅުވެފައެވެ.

މިސީޒަންގައި އަލީ ވަހީދުގެ ޓީމުން ދެއްކި މޮޅު ކުޅުމާއި، ހޯދި ކާމިޔާބީގެ އަގު ވަނީ ސީޒަން ނިމުއިރު ހޮވި އެންމެ މޮޅު ކޯޗުގެ ލަގަބާއިއެކު ލިބިފައެވެ. އަލީ ސިފަކުރީ މިއީ ދިވެއްސަކަށްވެ ހުރެ ލިބުނު ބޮޑު ޝަރަފެއްގެ ގޮތުގައެވެ. އަދި މިއީ މިދާއިރާގައި ކުރިއަށް ދިއުމަށް ލިބިގެންދިޔަ ބޮޑު ހޮިތްވަރެއްގެ ގޮތުގައި އަލީ ދެކެއެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގެ އެންމެ ބޮޑު އެއް ގްރާސްރޫޓްސް ފުޓްބޯޅަ ނެޓްވޯކްގެ ކޯޗް އޮފްދަ ސީޒަން ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލަކާ ޝަރަފެއް. ތަފާތު ތަޖުރިބާއެއް. އިރާދަފުޅުން ފިޔަވަޅަކަށްފަހު ފިޔަވަޅެއްދާނީ ކުރިއަށް. އަޅުގަނޑުމެން ދިވެހިންދާނީ ކުރިއަށް.

– އަލީ ވަހީދު ވިދާޅުވިއެވެ.

ކުޑައިރުއްސުރެ ފުޓުބޯޅައަށް ލޯބިކުރާ އަލީ ވަހީދަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއްކުލަބު ނިއުރޭޑިއަންޓުގެ އެންމެ ކާމިޔާބު ދުވަސްވަރު އެޓީމުގެ މެނޭޖަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ޤައުމީ ޓީމުގައިވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އަލީ ވަހީދު ވަނީ މިސަރުކާރުގެ ޓުވަރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައިގެން ޔޫތު މިނިސްޓްރީއާއި ހަވާލުވުމަށް ލިބޭ މަދު މުއްދަތުތަކުގައިވެސް ކުޅިވަރުގެ ދާއިރާއަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާފައެވެ.

އަލީ ވަހީދު ސެންޗަނަރީ ކަޕް ކާމިޔާބު ކުރުމާއެކު ބައިނަލްއަގުވާމީ ކުޅިވަރުގައި ރާއްޖެ އަށް އަނެއްކާ ވެސް އާ ދޮރެއް ވަނީ ހުޅުވިފައެވެ. އެއާއެކު އިނގިރޭސި އެފްއޭ ވެބްސައިޓުގެ އާކައިވްސް އަށް ކޯޗިން އިން ރާއްޖެ ރަޖިސްޓްރީ ވެގެން ދާނެއެވެ. މި ފެށުނު ސަފްހާގެ ކުރިމަގު ދިވެހި އެހެން ކޯޗުންނާއި ކުޅުންތެރިންނަށް ވެސް ކުރާނެއެވެ.

އަލީ ވަހީދު ހޯދި ކާމިޔާބީއާއި ގުޅިގެން ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ދަނީ އޭނާއަށް މަރުހަބާ ދަންނަވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *