މުއުމިނުން އެއްބަޔަކު އަނެއް ބަޔަކަށް ހުތުރު ލަގަބުތަކުން ގޮވުމަކީ ނަހީ ކުރައްވާފައިވާ ކަމެއް: މައުމޫނު

މުއުމިނުން އެއްބަޔަކު އަނެއް ބަޔަކަށް ހުތުރު ލަގަބުތަކުން ގޮވުމަކީ ނަހީ ކުރައްވާފައިވާ ކަމެއް: މައުމޫނު

Author
ހުސެއިން
30 މެއި 2023 04:23
0

މުއުމިނުން އެއްބަޔަކު އަނެއް ބަޔަކަށް ހުތުރު ލަގަބުތަކުން ގޮވުމަކީ ނަހީ ކުރައްވާފައިވާކަމެއް ކަމުގައި ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރިޔާސަތުގައި އިންނަވައިވެން، ރައީސް ސާލިހަށް ހުތުރު ވަނަންތަކުން މުޚާތަބު ކުރުމަށް ހިތްވަރު ދެއްވާފައިވަނިކޮށް، ރައީސް މައުމޫނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އަލް ޙުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތް ބެއްލެވުމަށް ވިދާޅުވެފައެވެ.

ދާދިފަހުން ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގެ ކުރީގެ ވެރީންނަށްވެސް ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި ވަނަމުން ގޮވާ، އެ ވެރީންގެ އަބުރަށްވެސް އަރައިގެންފައިވާ ކަމަށާއި، އެހެންކަމުން މިހާރުގެ ރައީސް އިބުރާހިމް މުހައްމަދު ސަލިހަށްވެސް ވަނަމުން ގޮވާ، އަދި އެމަނިކުފަނުގެ އަބުރުވެސް ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި ކަތިލުމުގެ ހައްގު އޮންނާން ޖެހޭނެ ކަމުގައެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ، ރައީސް ސާލިހަށް ނިސްބަތްކޮށް ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި ވަނަމުން ގޮވާ ގޮވުން ހުއްޓުވަން މަސައްކަތް ކޮށްފިނަމަ އެއީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް ކަމަށާއި، އެކަން އެބީދައިން ކޮށްފިނަމަ އެއީ ފަހަތަށް އެޅިގެންދާ ފިޔަވަޅެއް ކަމުގައިވެސްމެއެވެ.

ހަމަ އެއާއެކު، ނަޝީދު ވާހަކައަށް ތާއީދުކޮށް، ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސާ އީވާ ވިދާޅުވެފައިވަނީ، ރައީސް މައުމޫނަށް އޭރު ވަނަމުން ގޮވީ ސިޔާސީ އުކުޅެއްގެ ގޮތުގައި ކަމަށާއި، އޭގެ ސަބަބުން "ސެހެންޝާހެއް" ފަދަ ވެރިކަމެއް ވެއްޓިގެން ދިޔަ ކަމުގައެވެ.

އެހެންމަވަސް މަޖިލިސް ފްލޯގައި ބޭއަދަބީ ވާހަކަ ދައްކާ، އަނެއްކުންނަށް ހުތުރު ވަނަންތަކުން ގޮވުމަށް ހިތްވަރުދީ ނަޝީދުއާއި އުވާ ވާހަކަ ދެއްކުމާއި ގުޅިގެން އެ ދެބޭފުޅުންނަށްވެސް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބިރުބޮޑު
ސުކޫންގެ ކޮމެންޓުއަށް % 100 ޕަސެންޓު ތާއީދުކުރަން ވަރަށް ވަރަށް ސާފް އިނގޭތޯ
ބ ބރުބޮޑު
ސުކޫންގެ ކޮމެންޓް އަށް %100 ޕަސެންޓު ތާއީދު ވަރަށް ސާފް އިނގޭތޯ
ބ ބިރުބޮޑު
ސުކޫން ކޮމެންޓުއަށް % 100 ތާއީދު
ސ ސުކޫން
ޜަގަޅުވާހަކައެއް ތިޔަ ވިދާޅުވީ "މުއުމިނުން"ކެނެރީގޭ ނަޝީދު ހިޔެއް ނުވޭ އޭގެތެރޭގަ ހިމެނޭ ހެނެއް އެއީ ލިވާތުކުރުން ފަދަ ކަންތަކަށް ހިތްވަރުދީ ނަހަދާނެ މުއުމިނަކު އޭނާގެ ކޮއްކޮ އެކަން ކުރީމަ ބުނީ ޒާތީ ކަމެކޭ ހައްޔަރު ކުރީމަ އެކަމާ ދެކޮޅަށް އިބޫއާ ދެކޮޅަށް ބަޔާންތައް ނެރުނީ
އ އިއްބެ
ޤާނޫނުހަދަންޖެހެނީއިސްލާމްދީނާއެއްގޮތަށްޤާނޫނުގައިމިހެންއޮވޭވީމައިއިސްލާބައެއްގެތެރޭގައިއެކަކުއަނެކަކަށްހުތުރުބަހުންނަންހަދައިގެންކިއުމަކީﷲނަހީކުރެއްވިކަމަކަށްވާއިރުނަޟީދަށްވެސްއެކަމެއްހުއްދައެއްނުކުރެވޭނެއެވެވަޒީފާމަތިވެރިވިއަސްﷲގެއަމުރުފުޅަސްކިޔަމަންވާންޖެހޭނެއެވެ