މިލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

މިލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
28 މެއި 2023 11:01
0

ށ.މިލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮޕްމެނީ އެމްޓީސީސީއާއި ފަށައިފިއެވެ.

އެމްޓީސީސީން ބުނީ މިލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ވަނީ 16 މެއި 2023 ވަނަ ދުވަހު ފެށިފައި ވާކަމަށެވެ. އަދި، ސައިޓުގައި މިހާރު ކުރިއަށްދަނީ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމުގައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ށ.މިލަންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 79 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ ދޮޅު އަހަރުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މިމަޝްރޫޢުގެ ދަށުން މިލަންދޫގައި މިހާރު އޮތް ބަނދަރުން 17900 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކޮށް، 70400 ކިއުބިކް މީޓަރުގެ އައު ބަނދަރެއް ފުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 8400 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ނެރު ފުންކޮށް 93 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ.

މިލަންދޫ ބަނދަރުގެ އިތުރުން އެރަށަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް އެމްޓީސީސީއާވަނީ ހަވާލުކޮށްފައެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ މިއަހަރުގެ މޭ މަހުގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.