އެކްސިޑެންޓެއްގައި 43 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެކްސިޑެންޓެއްގައި 43 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެ

Author
ހުސެއިން
27 މެއި 2023 07:45
0

ބްރިޖު ހުރަސްކޮށް ހުޅުމާލެއަށް ދާން އޮންނަ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާ ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ މާލެ އިން ހުޅުމާލެއަށް ދަތުރު ކުރަމުންދިޔަ ސައިކަލެއް ބާރު ދުވެލީގައި  ގޮސް ޕިކަޕެއްގެ ފަހަތުގައި ޖެހިގެންނެވެ.

ފުލުހުންގެ ފަރާތުން ހާމަ ކޮށްފައިވަނީ މާލެއިން ހުޅުމާލެއަށް ދާން އޮންނަ މަގުގައި އެކްސިޑެންޓެއް ހިގައިގެން ރޭ 12:04 ގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާކަމުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންވިއިރު ސައިކަލުގައި އިން 43 އަހަރުގެ ދިވެހި ފިރިހެންމީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.

މި އެކްސިޑެންޓު ފުލުހުން މިހާރުދަނި ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.