"ކަޅަކި" މި އަހަރުގެ އޮކްޓޯބަރު މަހު

"ކަޅަކި" މި އަހަރުގެ އޮކްޓޯބަރު މަހު

Author
ފާތިމަތު ނާވީ
26 މެއި 2023 08:17
0

މަޝްހޫރު އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ޕްރޮޑަކްޝަން ހައުސް ‘ނިއުޒޯ ފިލްމްސް’ އިން އުފައްދާ ފިލްމް "ކަޅަކި" މި އަހަރުގެ އޮކްޓޯބަރު މަހު ބެލުންތެރިންނަށް ގެންނަން ނިންމައިފި އެވެ.

މި ކަން އިއުލާން ކޯށް ފިލްމްގެ ޓީމުން ވަނީ މިހާރު ޓީޒާއެއްވެސް ދޫކޮށްލައިފައިއެވެ. އޮކްޓޯބަރު މަހު ފިލްމް އަޅުވާނެ ކަން ހާމަ ކުރި ނަމަވެސް އަޅުވާނެ ވަކި ތާރީހެއް އިއުލާނެއް ނުކުރެއެވެ.

ސްރީ ލަންކާގައި 2020 ގެ ކުރީކޮޅު ޝޫޓްކުރި "ކަޅަކި" އަކީ ކުރީގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް، މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށް، ރޯލެއް ވެސް ކުޅެފައިވާ ފިލްމެކެވެ.

https://www.facebook.com/watch/?v=485382812137954

ބިރުވެރި ފިލްމު "ކަޅަކި" ގެ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓްކުރަނީ ޔޫސުފް ޝަފީޢު (ޔޫއްޕެ)އެވެ. ކެމެރާކުރީ ތަޖުރިބާކާރު އަދި ގިނަ ފިލްމުތަކެއް ކެމެރާކޮށްފައިވާ އިބްރާހީމް މޫސާ (ދަބަ) އެވެ.

ފިލްމުގެ ކާސްޓުގައި ހިމެނެނީ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، މުޙައްމަދު މަނިކް، ރިޝްފާ، ލަހޫގެ އިތުރުން ޝިޔާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.