އިނގިރޭސި ޤައުމީ ޓީމަށް ކުޅެމުން އަންނަ ޗެލްސީގެ ފޯވާޑް ޓެމީ އަބްރަހަމްގެ އުފަންދުވަސް ފާހަގަކުރަން ބޭއްވި ޕާޓީގައި ބައިވެރިވި ޤައުމީ ޓީމުގެ އިތުރު ދެ ކުޅުންތެރިން ގޭގައި މަޑުކުރަން އަންގައިފިއެވެ.
މި މައްސަލައިގައި އަބްރަހަމްގެ އިތުރުން ދެން ފިޔަވަޅު އަޅާފައިވަނީ އެ ޕާޓީއަށް ދިޔަ އިނގިރޭސި ޤައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ޖޯޑަން ސަންޗޯ އާއި ޗިލްވެލްއެވެ.
އިނގިރޭސި ސަރުކާރުން އެޅި މި ފިޔަވަޅުތަކާއެކު އެ ޤައުމުގެ ޤައުމީ ޓީމުންވެސް ވަނީ އުސޫލުތައް ހަރުކަށިކޮށްފައެވެ. އެގޮތުން ލީގު މެޗެއް ނުވަތަ ޕްރެކްޓިސް ނިންމާފައި މީހުން ގިނަވާ ހިސާބުތަކާއި ތަންތަނަށް ނުދިއުމަށް ވަނީ އަންގާ އިންޒާރުދީފައެވެ. އިނގިރޭސިވިލާތުގައި ކޯވިޑުގެ ކޭސްތައް އިންތިހާއަށް މައްޗަށް ގޮސްފައިވާ ދުވަސްވަރަކަށް ވާއިރު އެގައުމުގެ ސަރުކާރުން ވަނީ ގިނަ މީހުން އެއްވެގެން ބާއްވާ މިފަދަ ހަރަކާތްތައް މަނާކޮށްފައެވެ.
މި މައްސަލައިގައި އިނގިރޭސި އެފްއޭއިން ރަސްމީކޮށް އަދި ފިޔަވަޅެއް ނާޅައެވެ.