"ނަރުކެނޑި" އެއް ބޭނުން ކޮށްގެން ބޮލަށް ހެރުނު ބުޅި ނަގައިފި

"ނަރުކެނޑި" އެއް ބޭނުން ކޮށްގެން ބޮލަށް ހެރުނު ބުޅި ނަގައިފި

ގުޅުންހުރި

ދިވެއްސެއްގެ ބޮލަށް ހެރުނު ބުޅިއެއް ނަގަން ރަށެއްގައި ކުރި ތަފާތު "އޮޕަރޭޝަނެއް" ފެންނަ ވީޑިއޯއަކަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަމެއް ލިބިއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާމުންދާ އެ ވީޑިއޯ ފެށެނީ، މީހަކު ބޮޑު ބޯލްޓު ކަޓަރެއް ހިފައިގެން ސިއްހީ މަރުކަޒަކަށް ވަންނަ މަންޒަރުންނެވެ. އޭނާ ގޮސް ވަންނަނީ، ބޮލަށް ބުޅިއެއް ހެރުނު ޒުވާނާ ބާއްވާފައި އޮތް ކޮޓަރިއަށެވެ. ކޮން ރަށެއްގައި ހިނގާ ދިޔަ ހާދިސާއެއްކަން މިހާތަނަށް އެނގިފައި ނުވި ނަމަވެސް، އާންމު ވެފައިވާ ވީޑިއޯއިންނާއި ވީޑިއޯގައި މީހުން ދައްކާ ވާހަކަތަކުން ނަރުކެނޑި ބޭނުން ކުރީ އެ ބުޅި ނައްޓަން ފަސޭހައަކަށް ކަން އެނގެއެވެ.

ނަރުކެނޑިގެ ބޭނުން ކުރުމުގެ ކުރިން އޭތި ސާފު ކޮށްލަން ނަރުހުން ވަނީ އިރުޝާދު ވެސް ދީފއެވެ. ޒުވާނާގެ ނިއްކުރިއާއި ދިމާލުން ވަދެފައިވާ ބުޅި ނައްޓާލާފައިވަނީ ނަރުކެނޑިގެ ބޭނުން ކޮށްގެންކަން ވަރަށް ރީއްޗަށް ވީޑިއޯއިން ފެނިގެން ދެއެވެ. އެގޮތުން ބުޅީގެ ތިން ކޮޅުން ބުރި ކުރުމަށްފަހު، ނަރުސް މީހާ ބުޅި ފަސޭހަ ކަމާއި އެކީ ދަމައިގަންނަތަން ވީޑިއޯއިން ފެނިގެން ދެއެވެ.

"މީގެން ކެނޑޭނެ"އޭ ކިޔާފައި އޭނާ ކޮޓަރިއަށް ވަން އިރު، ޒުވާނާގެ ނިތްކުރި މަތިން އިސްތިތަށިގަނޑުގެ ތެރެއިން ބޮލަށް ހެރި، ބޭރަށް ނުކެމެފައި އޮތް ތިން ބުޅިލީ ބުޅިފަތި ނަގަން ނަރުހުން މަސައްކަތް ކުރަމުން ދެއެވެ.

ބޯލްޓު ކަޓަރު ބޭނުންކޮށްގެން ބުޅި ބުރި ކުރަން ނަރުހުން އެހީ ދިނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ބޯލްޓު ކަޓަރު ގެނައީ ސިއްހީ މަރުކަޒުގެ މީހުން ބޭނުންވެގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ