މިއަދުން ފެށިގެން، ގަންނަ މަހަށް ވަގުތުން ފައިސާ ލިބޭނެ: ހޮރައިޒަން

މިއަދުން ފެށިގެން، ގަންނަ މަހަށް ވަގުތުން ފައިސާ ލިބޭނެ: ހޮރައިޒަން

ހޮރައިޒަން ފިޝަރީޒަށް ގަންނަ މަހަށް މިއަދުންފެށިގެން ވަގުތުން ފައިސާދޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، މިއަންނަ މަހުން ފެށިގެން އެކުންފުނީގެ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އާއި މަސްކިރާ ބޯޓުތަކުން މަސް ގަންނާނީ ވަގުތުން ފައިސާ ދީގެން ކަމަށެވެ. އަދި އަގުތަކަށް ބަދަލެއް ނާންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.

މިބަދަލަކީ މަސްވެރިންގެ އެދުމުގެ މަތިން މަސްވެރިކަމުގެ މިހާރުގެ ހާލަތަށް ބަލާ މިވަގުތު އެބަދަލު ގެނެވެން އޮތުމުން ގެނައި ބަދަލެއް ކަމަށް އެކުންފުނިން ބުނެއެވެ. މަކަމަށް ބަދަލެއް ދެން ގެންނާނީ މަސްވެރިކަމަށް އަންނަ ބަދަލަކަށް ބެލުމަށްފަހު ކަމަށްވެސް އެކުންފުނިން ބުނެއެވެ.

26 ސެޕްޓެމްބަރު 2020 ފެށިގެން ހޮރައިޒަން ފިޝަރީޒުން މަސް ގަންނަމުންދަނީ އައިސް އަޅައިގެން ފިނިކޮށްފައި ހުންނަ 1.5 ކިލޯއިން މަތީގެ ކަޅުބިލަމަހާއި ކަންނެނި ކިލޯއެއް 14 ރުފިޔާއަށެވެ. އަދި އައިސްނާޅާ 1.5 ކިލޯއިން މަތީގެ ކަޅުބިލަމަހާއި ކަންނެލި ކިލޯއެއް 13 ރުފިޔާއަށެވެ.

އަދި 1.5 ކިލޯއިން ދަށުގެ މަސް އައިސް އައިސް އަޅާފަ ނަމަ ގަންނަނީ ކިލޯއެއް 5.50 އަށެވެ. އަދި އައިސް ނާޅާ ގެންނަ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ކިލޯއެއް ގަންނާނީ 5.15 އަށެވެ.

26 ސެޕްޓެމްބަރުގެ ކުރިން އެކުންފުނިން ވަގުތުން ފައިސާ ދީގެން މަސްގަތް އަގާއި ފަހުން ފައިސާ ދޭގޮތަށް މަސްގަތް އަގު ތަފާތެވެ. ކޯވިޑްގެ ޕެންޑަމިކްގެ ސަބަބުން ރާއްޖޭން ބޭރަށް މަސް އެކްސްޕޯޓް ކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން މަސްގަންނަ ގިނަ ކުންފުނިތަކުން މަސްގަންނަމުން ދިޔައީ ފަހުން ފައިސާ ދޭގޮތަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *