ކަނޑަށް ފައްތާފައި ހުރި މަސްތުވާތަކެތި އަތުލައިގެންފި

ކަނޑަށް ފައްތާފައި ހުރި މަސްތުވާތަކެތި އަތުލައިގެންފި

Author
ހުސެއިން
19 މެއި 2023 05:50
0

ފ. ފިލިތެޔޮ ރިސޯޓު ކައިރިން ކަނޑަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިތަކެތި ހޯދާފައިވަނީ މި ސަރަހައްދަށް މަސްތުވާތަކެތި ފައްތާފައިހުރި ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

މި ސަހައްދުގައި ފައްތާފައި ހުރި މަސްތުވާތަކެތި މިހާރު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވިނަމަވެސް، މި ސަރަހައްދުން ފެނިފައިވަނީ ކިހާ އަދެއްގެ، ކޮން ބާވަތެއްގެ މަސްތުވާތަކެތި ކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އަދި މިމައްސަލާގައި މިހާތަނަށް މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންދެވިފައިވާކަމެއްވެސް ފުލުހުންގެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ބައެއް ފަޅުތަކަށާއި އަދި ކަނޑަށްވެސް މަސްތުވާތަކެތި ފައްތާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައި ވެއެވެ. އަދި ފާއިތުވެދިޔަ ތަނުގައި ފުލުހުންވަނީ މިގޮތަށް އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިވެސް ގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.