ތާރު އަޅައިގެން ތަރައްގީ ކޮށްފައިވާ އަމީނީ މަގުގެ ސަރަހައްދުގައި މިއަދު ހެނދުނު ކާރަކާއި ސައިކަލެއް ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ހެނދުނު 10 ޖަހާކަށް ހާއިރު އަމީނީ މަގު، ކަލާފާނު ސްކޫލް ކުރިމަތީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން މީހާއަށް ކަމަށް ފުލުހުން ބުންޏެވެ.
އޭނާ އަށް މިހާރު އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އޭނާ އަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ. ފުލުހުން ވިދާޅުވީ އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުން ކަމަށެވެ.
މިއީ އަމީނީމަގުގައި ތާރު އެޅިފަހުން މިފަދަ އެކްސިޑެންޓެއް ހިނގި ފުރަތަމަ ފަހަރެވެ. ނަމަވެސް ފަހަކަށް އައިސް މާލޭ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ކޮމެންޓު ފޮނުވާ