ޗާގޮސްގެ މައްސަލައާއި ގުޅުންހުރި، ދުނިޔޭގެ އެންމެ ވަރުގަދަ އެކްސްޕާޓުންގެ ތެރޭ އަޅުގަޑު ހިމެނޭ: މުނައްވަރު

ޗާގޮސްގެ މައްސަލައާއި ގުޅުންހުރި، ދުނިޔޭގެ އެންމެ ވަރުގަދަ އެކްސްޕާޓުންގެ ތެރޭ އަޅުގަޑު ހިމެނޭ: މުނައްވަރު

ޗާގޮސްގެ މައްސަލައާއި ގުޅުންހުރި ދުނިޔޭގެ އެންމެ ވަރުގަދަ އެކްސްފާޓުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާކަމަށް ރާއްޖޭގެ ކުރީގެ ބަންޑާރަނައިބު ޑރ. މުނައްވަރު ވިދާޅުވެއްޖެއެވެ.

މިސަރުކާރުން ރައްޖޭގެ ކަނޑު ވިއްކާލާފައިވާކަމަށް ވިދާޅުވެ، ޗާގޮސްގެ މައްސަލާގައި ސަރުކާރާ ޚިޔާލުތަފާތު ޕާޓީތަކުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މިމައްސަލާގަ އިނދިކޮޅު ކޯލިޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުންދާ ކުރީގެ ބަންޑާރަނައިބު ޑރ. މުނައްވަރު ވިދާޅުވެފައިވަނީ، ޗާގޮސްގެ މައްސަލާގައި އިޓްލޮސްއިން ކޮށްފައިވާ ހުކުމް އިސްތިއުނާފްކޮށް އެމައްސަލަ ކާމިޔާބު ކުރާނެގޮތް އެނގިވަޑައިގަންނަވާ ކަމަށާއި، އެހެންނަމަވެސް އޭގެ ތަފްސީލްތަކަށް ވަޑައިގަންނަވަން ބޭނުން ނުވާކަމުގައެވެ.

އަދި ވިދާޅުވީ މިމައްސަލާގައި ދުނިޔޭގައި މިހާރުތިބި އެންމެ ވަރުގަދަ އެކްސްޕާޓުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވާ ކަމުގައެވެ.

މީހުން ދިރިނޫޅޭ ޖަޒީރާތަކަށް.. އަންއިންހެބިޓެޑް އައިލެންޑްސްއަށް އޮވޭހޭ އިކޮނޮމިކް ޒޯންއެއް ކްލެއިމް ކުރުމުގެ ހައްގެއް، ބައިނަލްއަގުވާމީ ގާނޫނުގަ އެހައްގު ދައްކަވާށޭ ވިދާޅުވޭ އެބޭފުޅުންނަށް. ނޯންނާނެ އެހައްގެއް. ނޯންނާނެއޭ މި ދަންނަވަނީ މި ދާއިރާގެ ޕްރައިމް އެކްސްޕާޓުންގެ ތެރޭގައި އަޅުގަޑު ދުނިޔޭގެ ހިމެނޭތީވެ.. ހިމެނޭތީވެ މި ދަންނަވަނީ.

ރޭ "ކަނޑު ވިއްކާލުމާ ދެކޮޅު" ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވެފައި ވެއެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭގޮތުން ރާއްޖޭގައި ވާހަކަ ދައްކަވާ ބޭފުޅުންނަށް އެވާހަކަ ދެއްކުމުގެ ހައްގެއްވެސް އިޚްތިޔާރެއްވެސް ނޯންނާނެ ކަމުގައެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުނައްވަރު އަމިއްލަފުޅަށް އޭނާއަކީ ދުނިޔޭގައި މިދާއިރާގައި ތިއްބެވި އެންމެ އިސްމާހިރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްކަމަށް އަމިއްލަފުލަށް ވިދާޅުވުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *